ޚަބަރު

އެޗްޕީއޭގެ ފޭސްބުކް ޕޭޖް "ގެއްލިއްޖެ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ރަސްމީ ފޭސްބުކް ޕޭޖް ހެކް ކޮށްފިއެވެ.

Ads by Hajj Corporation

އެޗްޕީއޭގެ ފޭސްބުކް ޕޭޖް ހެކްކޮށްފައިވާކަން އެޗްޕީއޭއިން "ދެން" އަށްވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ތަސްލީމާ އުސްމާން (ތަހޭ)"ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފޭސްބުކް ޕޭޖް ހެކްކޮށްފައިވާ ކަމަށާއި ޕޭޖް ރިކަވަރ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން މަޢުލޫމާތު ހޯއްދަވަން ޕޭޖް ބައްލަވާނެ. އަޅުގަނޑުމެން މިދަނީ ޕޭޖް ހޯދުމަށް މަސައްކަތް ކުރަމުން" ތަހޭ ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ތަހޭ ނުދެއްވައެވެ.

އެޗްޕީއޭގެ ފޭސްބުކް ޕޭޖްގައި 40 ހާހާށްވުރެ ގިނަ ފޮލޯވާސް ތިބިއިރު، ޕޭޖް ވަނީ ވެރިފައި ވެސް ކޮށްފައެވެ. ފޭސްބުކްގެ އިތުރުން ޓްވިޓަރ، ވައިބަރ އަދި ޓެލެގްރާމް ފަދަ މަންސަ ތަކުގައި އެޗްޕީގެ ހޭންޑަލްތައް ހުންނަކަން ފާހަގަ ކޮށްލެވެއެވެ.

  1. ނަސަން

    ޕޭޖް ގެއްލުނީމަތަ ސާމްޕަލް ރިޒަލްޓުތައް ލިބުން ލަސްވަނީ