ރިޕޯޓް

ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭ ގަވާއިދު: ފަރުދާގެ ފުރަގަސް

  • ދިވެހިރައްޔިތުކަން ދޫކޮށްލުމަކީ ކޮބާ؟
  • ދިވެހިރައްޔިތުކަން ދޫކޮށްލާ ގަވާއިދުގެ އަނދިރި ފަރާތް!
  • ދިވެހި އަމައެއްގެ ހުރި ކާފަރު ދަރިއެއް!
  • 6 މަސް ދުވަހުގެ މިނިވަންކަން! ހުސް ލާދީނީ ސިޔާސަތު!
ދެން އެމްވީ ، ދެން އޮންލައިން
މާލޭގެ މަގުމަތި -- ދެން އިމޭޖްސް

ދާދި ފަހަކުން ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުކަން ދޫކޮށްލުމަށް، ޚާއްސަ ގަވާއިދެއް ހަދާ އެ ގަވާއިދު ސަރުކާރުން އާންމުކޮށް އިއުލާނު ކުރި ތަނެވެ. ގާނޫނު ނަންބަރު 4/69 "ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ގާނޫނު" އަށް ގެނައި ފުރަތަމަ އިސްލާހު،ގެ ދަށުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި މި ގަވާއިދު ކިޔާލާ ކުޑަކޮށް ދިރާސާ ކޮށްލީމެވެ.

Ads by STELCO

މުޅި ގަވާއިދު ބިނާވެފައި ވަނީ ދިވެހިރައްޔިތުކަން ދޫކޮށްލާ މީހާ އަމަލުކުރަން ޖެހޭ އުސޫލުތަކުގެ މައްޗަށެވެ. އަދި އޭގެ ސަބަބުން އޭނާއަށް ގެއްލޭނެ ހައްގުތަކުގެ މައްޗަށެވެ. މުޅި ގަވާއިދު ކިޔާލުމުން ހިތަށް ސިފަވީ ނުރައްކާތެރި މަންޒަރެކެވެ. ލޯ ކުރިމަތިން ސިފަވީ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި ބައެއްގެ މަގުސަދުތައް ހާސިލުކޮށް ދިނުމަށް ތައްޔާރު ކޮށްފައިވާ ގަވާއިދެއްގެ ގޮތުގައެވެ.

މީގެ އަހަރުތަކެއް ކުރިޔަށް އަޅުގަނޑާއެކު ހިންގަވާށެވެ. ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭނެކަމަށް ގޮވާލާ އެއީ އިންސާނީ ހައްގެއްކަމަށް ވަކާލާތުކުރި ދިވެހިން މި ބިމުން ވަނީ ފާޅުވެގެން ގޮސްފައެވެ. އެތީސްޓުންނާއި، ކްރިސްޓިއަނުން މި ބިމަށް ފާޅުވެގެން ވަނީ ގޮސްފައެވެ. އަދި އެމީހުންގެ ދިފާއުގައި ރާއްޖޭގެ ސިޔާސީ މަތީ ފަޑީ ކޮއިލުގެ ބޭފުޅުން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.

ދިވެހިރައްޔިތުކަން ދޫކޮށްލުމަކީ ކޮބާ؟

ދިވެހިރައްޔިތުކަން ދޫކޮށްލުމަކީ އޭނާ އެހެން ގައުމެއްގެ ސިޓިޒަންޝިޕް ހޯދުމެވެ. އަދި ރާއްޖޭގެ ރަށްވެހިކަން ދޫކޮށްލާ، ޤާނޫނު އަސާސީއާއި ގާނޫނުތަކުން ދިވެހި ރައްޔިތަކަށް ލިބިދޭ އެންމެހާ ހައްގުތަކެއް ދޫކޮށްލުމެވެ. ދިވެހި ވިސާ ދޫކޮށްލާ ދިވެހި ޕާސްޕޯޓް ވެސް ދޫކޮށްލުމެވެ. އެހިސާބުން އޭނާ އަކީ ދިވެހިރައްޔިތެއް ނޫނެވެ.

މިކަމަކީ އެއްވެސް ވަރަކަށް ރައްޔިތުންގެ ފަރާތުން މިފަދަ ގަވާއިދުތައް ހެދުމުގެ އެދުމެއްގެ ޝުއޫރު ފާޅު ކޮށްފަ ނުވާ އަދި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯގައި ވެސް ނުވާ ތަފާތު އެޖެންޑާ އެއްގެ މައްޗަށް ބިނާ ވެފައި އޮތް އެއްޗެއް ކަމާ މެދު ޝައްކެތް ވެސް ނެތެވެ. މި ގަވާއިދު ހެދިފައި ވާގޮތުން ރާއްޖޭގެ ރަށްވެހިކަން ދޫކުރަން ބޭނުންވާ މީހަކު އެކަމަށް އެދި ފޮރިން އެފެއާޒް މިނިސްޓަރީ އަށް ހުށައެޅުމަށްފަހު ދިވެހި ދައުލަތުން އެމީހަކަށް ދެވިފައިވާ ޕާސްޕޯޓު އައިޑީ ކާޑު ފަދަ ތަކެތި ދިވެހި ދައުލަތާ ހަވާލު ކުރަން ވާނެއެވެ.

ދިވެހިރައްޔިތުކަން ދޫކޮށްލާ ގަވާއިދުގެ އަނދިރި ފަރާތް!

މި ގަވާއިދަކަށް ދިވެހިން މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ހޭތޯވެސް އަހާނުލައެވެ. ދުވަސްކޮޅުގެ ގޮތުން ދިވެހިން އުޅުނީ ތިކި ޖެހި ތާނައިގެ ބަހުސްގައެވެ. ތިކި ޖެހި ތާނަ ދިފާއުކުރަން ތިއްބާ ރާއްޖޭގައި މި އާންމުކުރި ގަވާއިދަކީ ރާއްޖޭގެ ތާރީޚްގައި ވެސް ދިވެހި ގައުމިއްޔަތާ އިސްލާމް ދީނަށް ގޮންޖަހާލެވޭނެ ފާޅު ކަން ބޮޑު ގޮތަކަށް ހެދި ގަވާއިދެކެވެ.

ފުންކޮށް ވިސްނާލަމާ ހެއްޔެވެ! ދިވެހި ރައްޔިތެއްކަން ގެއްލޭ ހިސާބުން އޭނާއަށް ލިބިދޭނީ ބޭރު ރައްޔިތަކަށް ލިބިދޭ އިމްތިޔާޒުތަކަކާއި ހައްގުތަކެކެވެ. އެހިސާބުން އެމީހަކާ މެދު ދިވެހި ރާއްޖޭގައި އަމަލު ކުރަން ޖެހޭނީ ބޭރު ގައުމުތަކުގެ މީހުންނާ މެދު އަމަލު ކުރާ ގޮތަށެވެ.

ދިވެހި އަމައެއްގެ ހުރި ކާފަރު ދަރިއެއް!

ދިވެހި ރައްޔިތުކަން ދޫކޮށްލި ނަމަވެސް އޭނާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ދިރިއުޅެވޭނެއެވެ. ރާއްޖޭގެ ރައްޔިތެއް ނޫންކަމުން އޭނާއަށް އޭނާ އިހުތިޔާރު ކުރާ ކަލަކަށް އަޅުކަންކޮށް ދީނީ މިނިވަންކަން ލިބިގެން ދިޔައީއެވެ.

ބަނގުރާ ބުއިމާ ރޯދަ ނުހިފުމާ މަސްތުވާ ތަކެތި ބޭނުން ކުރުމާ ޒިނޭ ކުރުމާ މިއިން އެއްވެސް ކަމެއްގެ އަދަބެއް އެމީހަކަށް ނުލިބޭނެއެވެ. މިނޫންވެސް ޝައިތާނީ އެންމެހާ ކަންކަން ކުރުމަށް އޭނާއަށް ދޮރެއް ހުޅުވުނީއެވެ.

6 މަސް ދުވަހުގެ މިނިވަންކަން! ހުސް ލާދީނީ ސިޔާސަތު!

މި ގަވާއިދު ބުނާގޮތުން، އޭނާއަށް ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނީ ބޭރު ގައުމެއްގެ ސިޓިޒަންޝިޕް ލިބުމުން ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން އޮތްނަމައެވެ. ޔަގީންކަން އޮންނަ އެ މީހާއަށް ނިސްބަތް ކުރެވޭނެ އެހެން ގައުމެއް ހޯދުމަށް 6 މަސްދުވަސް ވެދުމަށް އަރުވާއިރު އެ 6 މަސް ދުވަހުގައި އޭނާއަކީ ދިވެހިރައްޔިތެއް ކަމަކަށް ނުބަލައެވެ. އޭނާ އަކީ އޭނާ ބޭނުން ދީނަކަށް އުޅެވޭނެ، މިނިވަނަކަށް ވެ، 6 މަސް ދުވަހުގެ "ފްރީ ލައިސަންސް" އެއް ލިބުނީއެވެ.

6 މަސް ދުވަހުގެ ތެރޭގައި އެމީހަކަށް ބޭރު އެހެން ގައުމަކުން ރަށްވެހިކަން ނުލިބޭ ކަމަށް ބުނުމުން އެމީހާ އަކީ އަލުން ދިވެއްސެއް ކަމަށް ބަލަން ދައުލަތަށް ލާޒިމް ވާނެއެވެ. މިގޮތަށް ޑިފޯލްޓުން އެމީހާ ދިވެއްސަކަށް ބަދަލުވާއިރު އެމީހާ މުސްލިމަކަށް ވާކަށް ލާޒިމެއް ނުވާނެއެވެ. އަދި ދުނިޔޭގެ ކަން ކަން ހިނގާ ގޮތުން އެފަދަ ހާލަތެއްގައި އެމީހާ އެކަމަށް އިއްތިރާޒު ކުރާ ހާލު މުސްލިމެއް ކަމުގައި ނުވެސް ބެލެވޭނެއެވެ.

ލާދީނީ މީހުންނަށް ލިބުނު މޮޅެއްތަ؟

މި ފާސްކޮށް އާންމު ކުރި ގަވާއިދުގެ ބޭނުން ހިފަން ބަޔަކު ތިބޭނީ ތައްޔާރަށެވެ. އެމީހުން ބޭނުންވާ ދީނަކަށް އެމީހުން އުޅެލަން މިވަރުގެ ފުރުސަތެއް ނުލިބޭނެއެވެ. އެވެސް އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ތިބެގެންނެވެ. އަމިއްލަ ގެދޮރު ދޫކޮށްލި ނަމަވެސް އާއިލާއާއެކު ވެސް އެމީހުންނަށް އުޅެވޭނެއެވެ.

ސިޔާސަތެއް ހަދާ ތަންފީޒުކުރާއިރުގައި އެއީ ތިމާމެން ވީ ވައުދެއްތޯވެސް ބަލަން ޖެހެއެވެ. އެއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯވެސް ބަލަން ޖެހެއެވެ. އެއީ ދިވެހިން ބޭނުންވާކަމެއްތޯ އަހަން ޖެހެއެވެ. އެހުމެއް ކެހުމެއް ނެތެވެ. މިފަދަ ކަމެއް ނަމަ ރޫސްލާފައި ގޮސް އެއްބުރުން ނިންމާލަނީއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

Ads by Allied Insurance
  1. އިންސާފު

    ޤަވާއިދަކަށް ވިޔަސް ގާނޫނަކަށް ވިޔަސް ތީ ބާތިލް އެއްޗެއް. ކޮންމެ ދިވެއްސަކީ މުސްލިމަކަށްވުން ޤާނޫނު އަސާސީ ލާޒިމް ކުރާއިރު، 6 މަސްދުވަސް ފަހަކުންވެސް ކާފަރެއްގެ ގޮތުގަހުރެ ދިވެހި ރައްޔިތަކަށް ނުވެވޭނެ. ގާނޫނު އަސާސީއާ ޚިލާފް ކޮންމެ ޤަވާއިދަކީ، އަދި ޤާނޫނަކީވެސް ބާތިލް އެއްޗެއް.

  2. ޢާދަމުގެ ދަރިއެއް

    ތިޔަކަމަށް ކުރިމަތިލާ މީހުން ބަލަން މިތިބީ! ﷲގެ ދީން ﷲ ހިމާޔަތް ކުރައްވަވާނެ!!

  3. ހުމާ

    ބަނގުރާ ބުއިމާ ރޯދަ ނުހިފުމާ މަސްތުވާ ތަކެތި ބޭނުން ކުރުމާ ޒިނޭ ކުރުން.. ދިވެހިން ނޫން އެންމެނަށް ހުއްދަ ނުވަތަ ިދިވެހި ޕާސްޕޯރޓް ނެތް އެންމެން ކުރުން ލާޒިމު ކަމަކީތޯ؟

  4. އަމަރު

    ގޭސް ނާބުރާ. ދިވެހި ރައްޔިތުކަން ދޫކޮށްދާން ބޭނުންވާ މީހާއަށް އެފުރުސަތު އޮންނާނެ. ބޭރު މީހުނަށް މިތާ އުޅެވޭނީ އާއިލާއާ އެކުވެސް ވިސާ ދައްކައިގެން