ޚަބަރު

ހިންނަވަރުން ކުއްލި ގޮތަކަށް ނިޔާވި މީހަކު ކޮވިޑަށް ޓެސްޓް ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޅ.އަތޮޅު ހިންނަވަރު މީހަކު ކުއްލި ގޮތަކަށް ނިޔާވުމުން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށް އެބަގެންދެއެވެ.

Ads by Sosun Fihaara

“ދެން” އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ހެލްތު ސެންޓަރުގެ އޮފިޝަލް، އަހުމަދު އާސިމް މޫސާ ވިދާޅުވީ ހިންނަވަރުން މަރުވި މީހާ މިވަގުތު އޮތީ ނައިފަރުގައި ކަމަށާއި ސާމްޕަލް ނެގުމަށްފަހު އެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަަށެވެ.

އަދި އެމީހާއަކީ 60 އަހަރުން މަތީގެ ފިރިހެނެއް ކަމަށާއި އެމީހާ ހެލްތް ސެންޓަރަށް ގޮސްފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެސް އާސިމް ވިދާޅުވިއެވެ. އާސިމް ވިދާޅުވީ އިތުރު ތަފްސީލް އަތޮޅު ހޮސްޕިޓަލުން ދެއްވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!