ފޮޓޯ ސްޓޯރީ

ދިވެހި ޒުވާނަކު އިންނާނެ މީހަކު ހޯދަނީ : ބޭނުންވަނީ 60 އަހަރުން ދަށުގެ 40000/- ރުފިޔާ ލިބޭ އަންހެނެއް

ދެން އެމްވީ ، ދެން އޮންލައިން

ފޭސްބުކްގައި ހަދާފައިވާ ކައިވެނި ޕޭޖަކީ ހަޔާތުގެ ބައިވެރިއަކު ހޯދުމަށް ގިނަ ބަޔަކަށް އެހީވެދޭ ޕޭޖެކެވެ. މި ޕޭޖުގައި މީހާގެ މައުލޫމާތު އަދި އިންނަން ބޭނުންވާމީހާގެ ޝަރުތު ތައް ހިމެނޭ ގޮތަށް ޕޯސްޓު ތައް ކޮށްދެއެވެ.

މިއަދު ކައިވެނި ޕޭޖަށް ލާފައިވާ ޕޯސްޓެއް އަޅުގަނޑު ދެކުނީމެވެ. ވަރަށްވެސް ތަފާތެވެ. އެ ޕޯސްޓް ފެނިފައި އަޅުގަނޑުގެ ދެލޯވެސް މުދުނަށް އެރި ކަހަލައެވެ.

20 އަހަރުގެ ދިވެހި ޒުވާނަކު އިންނާނެ އަންހެނަކު ހޯދަނީއެވެ.ޅ އަތޮޅުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނާއަކީ ވަޒީފާއެއްގައިވެސް އުޅޭ ޒުވާނެކެވެ. ލިބެނީ މަހަކު ފަސް ހާސް ރުފިޔާއެވެ. މި ޒުވާނާގެ އިސްކޮޅުގައި5 ފޫޓު 6 އިންޗި ހުރެއެވެ. ތައުލީމީ ފެންވަރަކީ އޭލެވެލް ފުރިހަމަ ކޮށްފައި ވުމެވެ.

ކޮންމެއަަކަސް އޭލެވެލްއާ ހަމައަށް ކިޔަވައިގެން ހުރި ދިވެހި މި ޒުވާނާ އިންނާނެ މީހަކަު ހޯދާއިރު ތަފާތީ އޭނާ ބޭނުންވާ އަންހެނެއްގެ ޝަރުތު ތަކެވެ. ފެނިފައިމީހަކު އާވާރާ ވެދާނެއެވެ.

އޭނާ ބޭނުންވަނީ 60 އަހަރުން ދަށުގެ އެންމެ މަދުވެގެން 40،000 ރުފިޔާގެ އާމްދަނީއެއް ލިބޭ މީހެކެވެ. މިއުޅެނީ އެއް ފަހަރުން މުއްސަނދިވާން ބާވައެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާ ބޭނުންވަނީ ރިސޯަޓްތަކަށް ޖައްސާލާ އުަޅެވޭ ވަރުގެ ތަނަވަސް ކަން ކުރި އަންހެނެއް ކަމަށެވެ.

އަދި މި ނިމުނީއެއް ނޫނެވެ. މީހަކާ އިނދެ ވަރިކޮށްފައި ހުރި އަންހެނެއް ކަމުގައި ވިޔަސް އަދި އެތައް ދަރިންނެއް ތިބޮ އަންހެނެއް ކަމުގައި ވިޔަސް މި ޒުވާނާގެފަރުވާލެެއް ނެތެވެ. މިއުޅެނީ އަޅެ އިންނާނެ މީހަކު ހޯދަން ބާވައެވެ. ނުވަތަ ފައިސާ ގަނޑެއް ހޯދުމުގެ ނިޔަތުގައި ބާވައެވެ.

ދަރިން ތިބި މީހެއް ކަމުގައި ވިޔަސް އެންމެ ރަނގަޅު ކަމަށް ބުނެފައި ވިޔަސް، އޭނާއާ އިނދެގެން އުޅެން ޖެހޭނީ ދަރިންނާ ވަކިން ކަމުގައި މި ޕޯސްޓުގައިފާހަގަ ކޮށްފައިވެއެވެ.

މީހަކު ހައިރާނެއް ނުވާނެ ހެއްްޔެވެ؟ ޒުވާން ނޫކަށިފުރައިގެ ޒުވާނެކެވެ. ނަމަވެސް ކައިވެނި ކުރަން ބޭނުންވަނީ 40،000 ރުފިޔާ ލިބޭ އަންހެނަކާއެވެ. 60 އަހަރަށް ވުރެ އުމުރު ދަށް ވަނިކޮށް ނިމުނީއެވެ.

Attachment.png

https://m.facebook.com/story.php?story_fbid=1225137041162796&id=443306919345816

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!