ހުޅުމާލޭ ފަތާ ޓްރެކަށް ގެއްލިފައިވާ "ވޫލްކޮޅެއް" ހޯދައިދޭން މީހަކު އެދިއްޖެ
މީސްމީޑިއާއަކީ އެކި މީހުން ތަފާތު އެކި ބޭނުންތަކުގައި ގެންގުޅޭ އެއްޗެކެވެ. ބައެއް މީހުން އެހެން މީހުންނާ ގުޅުން ބަދަހި ކުރުމަށް، އަނެއްބައި މީހުން މީހުންނަށް ނަސޭޙަތް ފޯރުކޮށްދިނުމަށް، އަދި ގިނަ ބަޔަކު މުނިފޫހިފިލުވުމުގެ ގޮތުން މީސްމީޑިއާ ބޭނުން ކުރާއިރު ބައެއް މީހުން އެކަކު އަނެކަކުގެ ކިބައިން އެހީތެރިކަމަށް އެދުމަށް ވެސް މި ބޭނުން ކުރެއެވެ.
އެގޮތުން މިއަދު މީސްމީޑިއާއިން ފެނުނު ޕޯސްޓަކީ މުނިފޫހިފިލުވުމުގެ ގޮތުން ނުވަތަ ހަމަ ހަގީގަތުގައި ވެސް އެހީތެރިކަމަށް ބޭނުން ވެގެން އުޅޭ މީހަކަށް އެހީވާން ހިއްސާ ކޮށްފައިވާ ޕޯސްޓެކޭ ވެސް ބުނެވިދާނެއެވެ.
މިއަދު މީސްމީޑިއާއިން ފެނުނީ، ފަތާ ޓްރެކަށް ގެއްލުނު ބޮލުގައި އައްސާ ވޫލްކޮޅެއް ހޯދައިދޭން އެދި މީހަކު ވައިބާ ގްރޫޕަކަށް ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓެކެވެ.
ގެއްލިގެން އުޅޭ ވޫލުކޮޅު ކަމަށް ބުނެ ފޮޓޯއެއް ވެސް އެ މެސެޖުގައި ހިމަނާފައިވާއިރު، ވޫލުކޮޅު ފެނިއްޖެނަމަ އެކަން އަންގައިދިނުމަށް އެދި ފޯނު ނަންބަރެއް ވެސް ޖަހާފައިވެއެވެ.
ފަހަރެއްގައި އެ ވޫލުކޮޅަކީ ހަގީގަތުގައި ވެސް އޭނާއަށް ވަރަށް މުހިންމު ވޫލްކޮޅަކަށް ވެގެން ހިއްސާކޮށްލި މެސެޖެއް ކަމުގައި ވެދާނެއެވެ. ނުވަތަ އޭނާ ވެސް ހަމަ މަޖާ ކޮށްލީ ކަމަށް ވެދާނެއެވެ. އެކަމަކު ހަމަ ޔަގީނުން ވެސް އެ މެސެޖާއި ޕޯސްޓުގެ ސަބަބުން އެތައް ބަޔަކު މުނިފޫހި ފިލުވައިދިނެވެ.
އެއީ މަންމަ މަރުވުމުގެ ކުރިން ކޮއްކޮއަށް ދިން އެންމެ ފަހުގެ ހަދިޔާ. ބައެއް މީހުންނަށް އެކަން ޖޯކަކަށް ވިޔަސް އަހަރެންނަށް އެ ޖަވާހިރަށްވުރެ އަގުބޮޑު
އިންޝާﷲ ފެންނާނެ