ހިންނަވަރުން ނަގައިފައިވާ ސާމްޕަލްތަކުގެ ނަތީޖާ އެންމެ ފަހުން ލިބުނީ މިދިޔަ ބުދަ ދުވަހު: ކައުންސިލް

ހިންނަވަރުން ނަގައިފައިވާ ސާމްޕަލްތަކުގެ ނަތީޖާ އެންމެ ފަހުން ލިބުނީ މިދިޔަ ބުދަ ދުވަހު ކަމަށް ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަބްދުﷲ ވިދާޅުވީ އެ ރަށުން އެންމެ ފަހުން ނެގި ސާމްޕަލް ތަކުގެ ނަތީޖާ ނުލިބޭތާ ފަސް ދުވަސް ވެއްޖެ ކަމަށެވެ. ނަތީޖާ ލިބުން ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެރަށުން ނަގައިފައިވާ 200 އަށް ވުރެ ގިނަ ސާމްޕަލްގެ ނަތީޖާ ނުލިބިވާ ކަމަށެވެ.
މީގެ އިތުރުން ރަށުގައި ކަރަންޓީންގައި ތިބި މީހުންގެ ސާމްޕަލްތައް ވެސް ނުލިބޭކަމަށާއި މިހާރު ފަސް ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. ހިންނަވަރު މޮނިޓަރިންނަށް ލީ ކޮވިޑް-19ގެ އަލާމާތްތަކަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވުނު މީހަކު އެރަށުން ފައްސި ވުމާ ގުޅިގެންނެވެ.
ހިންނަވަރުގެ އިތުރުން ޅ. ނައިފަރުގައި ވެސް ކޮވިޑް 19 އަށް ފައްސި ވެފައިވާ ބަޔަކު ތިބުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ނައިފަރު ވެސް މޮނިޓަރިންއަށް ލާފައެވެ.