ޚަބަރު

މިރޭ ނިޔާވި ސިފައިންގެ މީހާ ކޮވިޑް-19 އަށް ފައްސި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިރޭ ލ.ކައްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ނިޔާވި ލާންސްކޯޕްރަލް ހުސެއިން ފާރިޝްގެ ހަށިގަނޑު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "ވަގުތު" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ފާރިޝް ކޮވިޑް-19 އަށް ފައްސި ވެފައިވާކަން އެނގިފައި ވަނީ ނިޔާވި ފަހުން ގަމު ރީޖަނަލް ހޮސްޕިޓަލުން ، އޭނާގެ ހަށިގަނޑު ކޮވިޑް-19 އަށް ޓެސްޓް ކުރުމާ ގުޅިގެންނެވެ.

އެ ނޫހުން އިތުރަށް ރިޕޯޓް ކޮށްފައިވާ ގޮތުގައި ފާރިޝް އެވަގުތު ހުރީ މާލެ އިން ކައްދޫއަށް ގޮސް ކަރަންޓީންގައި ކަމަށާއި އޭނާއަކީ މާލެ އިން އެރަށަށް ޓްރެއިނިންގއަށް ދިޔަ މީހެއް ކަމަށެވެ.

އަދި އޭނާއާއެކު މޫދަށް ދިޔަ އަނެއް ތިން މީހުންނަަކީ ވެސް ކަރަންޓީންގައި ތިބި ބައެއް ކަމަށާއި އެ މީހުން ތިބީ ކައްދޫގެ ވަކި ސަރަހައްދެއްގައި ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު 17:40 ގައެވެ. ނިޔާ ވެފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މިރެއެވެ.

މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. ޖާނޭ

    ހުސްދޮގު. މީހަކު ނިޔާވީމަ ކޮވިޑް ކިއުމުގެ ބޭނުމެއް ނެތް. ނޫހުގައި ލިޔެފައި އެބަހުރި ” ނިޔާވި ކުއްޖާގެ ހާލު މިހާރު ރަގަޅު ކަމަށް”.

  2. ޢަބްދުﷲ

    އެމީހުން ކައްދޫއަށް ީ ދިޔައީ މާލެއިން ނެގެޓިވް ޕީސީއާރު ޓެސްޓާ އެކުކަމަށް ލިޔެލި ނަމަ.