Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޖުމައްޔިލްގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ޖުމައްޔިލަށް އަންނާނެއެވެ.

Advertisement
HDC — Sidebar (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ޖުމައްޔިލްގެ ދެބެންގެ ދެދަރި އަންހެން ކޮއްކޮއެއް ކަމަށް ބުނާ އަންހެން ކުއްޖަކު ވަނީ އޭނާގެ އުމުރުން 17 އަހަރުގައި ފިލްމީ ތަރި ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އޭނާއަށް ޖުމައްޔިލްގެ ފަރާތުން ކުރިމަތިވި ޖިންސީ އަނިޔާގެ ވާހަކަ ޓުވިޓަރގައި ހިއްސާކޮށް، އިންސާފު ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

2016 ވަނަ އަހަރު ފަހުކޮޅު ހިނގި މިކަމުގެ ދައުވާގެ ކަންކަން އޮތީ ކިހިނެތްތޯއާއި މިކަމުގައި ޕީޖީ އޮފީހަށް ކުރެވިދާނެ ކަންކަން ބައްލަވައިދެއްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވާއިރު، ޕީޖީ އޮފީހުން ވަނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ބުނެ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތުކޮށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާ މައްސަލަ ހެކި ނެތުމުން ދައުވާ ނުކުރަން އެއޮފީހުން އޭރު ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

އޭރު ޖުމައްޔިލްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާއި އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި ދައުވާކުރަން ފުލުހުން ފޮނުވާފައި ވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް