ކޮވިޑް-19: ކުރެންދޫން 2 މީހަކު ފައްސި ވެއްޖެ

ޅ.އަތޮޅު ކުރެންދޫން ދެމީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އާއިޝަތު ވިޝާމާ ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައި ވަނީ ނައިފަރަށް ދިޔަ މީހަކާއި ރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން އެކަކު ކަމަށެވެ. ވިޝާމާ ވިދާޅުވީ އަދި ރަށް މޮނިޓަރިންގެ ހާލަތަށް ނުލާ ކަމަށާއި އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާއިރު މިއަދު ކޮންޓެކްޓުންގެ ސާމްޕަލް ނެގުން ކުރިއަށް ދާނެ ކަމަށެވެ. ޅ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކޮވިޑް ބަލި ވަނީ ފެތުރިފައެވެ. އޭގެ ތެރެއިން ހިންނަވަރާއި ނައިފަރާއި އޮޅުވެލިފުށިން ކޮވިޑް ފެނި އެތިން ރަށް މިހާރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އަތޮޅުތަކުގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު އިއްޔެ އަތޮޅުތަކުން 74 މީހެއް ވަނީ ކޮވިޑަށް ފައްސި ވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޖުމްލަ 24،079 މީހުން ފައްސި ވެފައިވެއެވެ.





ކޮމެންޓް