ރިޕޯޓް

ހީނަރުވެފައިވާ ގުޅުންތައް ބަދަހި ކުރުމަށް އިސް ނެގުން މުހިއްމެވެ.

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި އުޅޭ އިރު ދިމާވާ ބައެއް ކަންތައްތަކުގެ ސަބަބުން ވަރަށް އެކުގައި އުޅޭ ވަރަށް ގާތް މީހަކާ އެކު އޮތް ގުޅުމެއްވެސް ހީނަރު ވެދާތަން އާދެއެވެ.ދިމާވާ އެކި ކަހަލަ މައްސަލަތަކާހެދި ބައެއް ގުޅުންތައް ކެނޑިގެން ދާ ތަންވެސް އާދެެ އެވެ.

Ads by STELCO

ބައެއް ފަހަރަށް ގާތް ރަހުމަތްތެރިއެކެވެ. އަނެއްބައި ފަހަރަށް އާއިލާގެ ކޮންމެވެސް މެންބަރެކެވެ.

މިގޮތަށް ދެމީހުންގެ ދޭތެރޭގައި މައްސަލަޖެހި އެތައް ދުވަސްތަކެއް ހޭދަވެގެން ގޮސްދާނެއެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކާވެސް ގިނަ ދުވަސްތަކެއް ފާއިތުވެދާަނެއެވެ

މިހެން ގޮސް ގިނަ ދުވަސްތަކެއް ފާއިތު ވުމުން އެ މީހެއްގެ މަތިން ހަނދާން ވާ ފަހަރުވެސް އާދެއެވެ. އެ ވީ ކަމެއްގެ ރުޅިގަނޑުވެސް މައިތިރިވެ އަނެކާއާއި ވާހަކަދައްކަން ވެސް ބޭނުންވެއެވެ.

ނަމަވެސް ގިނަ ފަހަރަށް ވާ ގޮތަކީ އެކަކަށް ވެސް އިސް ނަގަން ނުކެރެނީއެވެ. އަނެކާ ތިމާ ދެކެ ރުޅި އައިސްފައި ހުރެދާނެ ކަމަށެވެ. ނުވަތަ ތިމާ އަނެކާއާއިވާހަކަ ދެއްކުމުން ޖަވާބެއް ނުލިބިދާނެތީ އެކަމާ ބިރުންނެވެ. ނުވަތަ ފުރަތަމަ ވާހަކަ ދައްކަން ޖެހޭނީ އަނެކާ ކަމުގައި ގަބޫލު ކުރެވޭތީވެއެވެ.

އަނެކާގެ ގާތުގައި ތިބާ މާފަށް އެދުމަކީ ތިބާ ދަށްވުން ކަމުގައި ވެސް ބައެއް ފަހަރަށް ހީވާތަން އާދެއެވެ. ނަމަވެސް ތިބާއަށް ކުށެއް ކުރެވިފައި ވާނަމަ އަނެކާގެގާތުގައި މާފަށް އެދުމަކީ އެންމެ ރީތި އާދައެވެ. އެއީ ހަޑިކަމެއް ވެސް ނޫނެވެ. ތިބާގެ އަގު ވެއްްޓެން ޖެހޭ ފަދަ ކަމެއް ވެސް ނޫނެވެ.

އެކި ކަހަލަ ކަންކަމާހެދި ހީނަރުވެފައި އެތައް ގުޅުމެއް ވާނެ ކަން ޔަގީނެވެ. ނަމަވެސް އެ ގުޅުންތައް ބަދަހި ކުރުމަށްޓަކައި ކޮންމެވެސް އެކަކު އިސް ނަގަންޖެހޭކަން ގައިމެވެ. އެހެނީ، މޯޅިވެފައިވާ ކުރިއެއް ފެން ނުދީ ރޯ ކުރާނޭ ގޮތެއް ނެތީމައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!