ޚަބަރު

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަންދު ކޮލެޖުގެ ބާނީ އަދި ވެރިކަން ކުރާ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

Ads by Hajj Corporation

އެ ކޯޓްގެ ގާޒީ މަރިޔަމް ވަހީދާ ސޮއިކޮށް ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވާ އަމުރާ އިބްރާ ހަވާލު ވެފައި ނުވާތީ ކޯޓަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ.

އިބްރާ ކޯޓަށް ހާޒިރު ކުރަނީ އޭނާ ހިއްސާވާ ކުންފުންޏަކާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަކީ މައްސަލަ ރައްދުވާ ކުންފުނީގެ ޑިރެކްޓަރެކެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މެންދުރު 1:45 އަށް އިބްރާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އެ އަމުރާ ގުޅޭގޮތުން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓް ޗިޓެއް ހިފައިގެން އެ ގެއަށް އައިސްފައި ނުވާ ކަމަށާ މިދިޔަ މަސް ދުވަހު އެކި މަސައްކަތްތަކުގައި އެތަށް ފަހަރަކު ކޯޓަށް ވެސް ވަޑައިގެންނެވި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!