ރިޕޯޓް

މުޅި ދައުލަތް ‘’މުއިއްޒު ވެއްޖެ’’!

ދެން އެމްވީ ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެ، ވޯޓް ލާދުވަސް ގާތްވަމުން އަންނަ އިރުގައި ކެނޑިޑޭޓުން، ދަނީ ފޯރިއާއެކުގައި ކެމްޕެއިން ކުރަމުންނެވެ. ސިޔާސީ ޕާޓީތަކުން ސިޔާސީ ފޯރި މެކުހަށް ޖަހާފައި ވާއިރުގައި މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މުސްތަޤުބަލު ބިނާކުރުމަށް ހުޅުވާލެވޭ ދޮރަކަށް ވާނެކަން ޔަގީނެވެ.

Ads by MWSC

ސަރުކާރުން ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުން ހޮވުމަށް ފަޓާސްބަރިއެއްހެން ތަރައްގީގެ މަޝްރޫއުތައް ބަހަމުން ދާއިރުގައި އިދިކޮޅުން ދަނީ ސަރުކާރު ފެއިލްވެއްޖެކަމަށް ބުނަމުންނެވެ. އަދި ސިޔާސީ ސްޓަންޓްތަކާއި ވައުދުތަކުން ރައްޔިތުން ތިބީ ވާނުވާ ނޭނގޭ ހިސާބަށް ގޮސްފައެވެ.

ކޮންމެއަކަސް އިންތިޚާބުގެ ކެމްޕެއިން ފޯރިއާއި ޖޯޝުގައި ކުރިޔަށް ދާއިރުގައި އިދިކޮޅާ،އެއްކޮޅުން ވެސް އެންމެ ބޮޑަށް އިސްކަމެއް ދެމުން ދަނީ މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ކަމަށް ބެލެވެއެވެ. މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ތިން ކެނޑިޑޭޓުންގެ ތެރެއިން ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓަކީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އިދިކޮޅު ކެނޑިޑޭޓަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒެވެ. ދެން ހުންނެވީ އަމިއްލަ ގޮތުން ވާދަ ކުރައްވާ އަލްޙާން ފަހުމީއެވެ.

ކެމްޕެއިންގެ ފަހުތަޅާލުންގަނޑާ ދިމާއަށް ދާއިރު ކުރިން ހީކުރި ގޮތާ ޚިލާފަށް ފެންނަމުން މި ދަނީ ސަރުކާރުން އިދިކޮޅު ކެނޑިޑޭޓް ފަހާ ދުވާ މަންޒަރެވެ. ސަރުކާރު އެކަންޏެއް ނޫނެވެ. މުޅި ދައުލަތް ވެސް މުއިއްޒު ފަހާ ދުވަނީއެވެ. މިނިވަން މުއައްސަސާތަކަށާއި، ތަހުގީގީ އިދާރާތަކަށް ވެސް މުއިއްޒު ދަމާ ކޫތަނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާޅުގައި ، މުއިއްޒުއާ ދެކޮޅަށް ނިކުމެ އެންޓި ކެމްޕެއިން ވެސް ކުރަނީއެވެ. މަޖިލީހުގެ ޖަލްސާތަކުގައި މުއިއްޒުއާ ދެކޮޅަށް ވާހަކަ ދައްކާ މުއިއްޒު ބަދުނާމު ކުރުމަށް ވެސް މަސައްކަތް ކުރަމުން ދަނީއެވެ.

އިންތިހާބު ބޯމަތިވެ ކެމްޕެއިންގެ އެންމެ ހޫނުގައި މުޅި ދައުލަތް މުއިއްޒު ފަހާ ދުވަނީއެވެ. ޑިމޮކްރަސީގެ އަސާސަކީ އިންތިޚާބުތަކުގައި ވާދަކުރުމާއި، ކެމްޕެއިންކޮށް، ވޯޓު ހޯދުންކަމަށް ވަކާލާތު ކުރި މީހުން އަދު އެ ހަނދާނެއް ވެސް ނެތެވެ. އެ ބަޔަކަށް ވީ ގޮތަކަށް މުއިއްޒުގެ އެންޓި ކެމްޕެއިން އެކި ސިފައިގައި ކުރަނީއެވެ.

ރައީސް ޔާމީން ވެރިކަމުގައި ވާރޭ ވެހި ފެންބޮޑުވާއިރަށް މުއިއްޒު ވަނީ އޭ ކިޔާ ގޮވި މީހުން މިއަދު ބުނަނީ އެއީ ގުދުރަތީ ކާރިސާތައް ކަމަށެވެ. އަދި އެ ފަދަ ކަންކަމަށް ޖޯކްޖަހާ ހަޖޫ ޖަހަން ހެޔޮ ވެސް ނުވާނޭ ކަމަށެވެ.

މިއަދު އެއްކަލަ މުއިއްޒު ހުންނެވީ މޭޔަރު ރޭހުގައެވެ. ރޭހުން މުއިއްޒު ބާކީ ކުރަން މުޅި ދައުލަތް އެއްކޮށް މުއިއްޒުވެ ނިމިއްޖެއެވެ. މި ފަހަރު ފެންބޮޑު ވެގެނެއް ނޫނެވެ. މޭ ބޮޑު ވެގެން ތޯއްޗެކެވެ.

Ads by Ooredoo
  1. ޒިއާފް

    ހަގީގަތުގަވެސް އެމްޑީޕީ ގަބޫލުކުރޭ
    ތާއީދު އޮތީ އޮތީ މުއިއްޒައްކަން އެހެންވީމާ އެވަރަކުން އެ ތެޅިބާލަނި

  2. މޭބޮޑު ވެގެން ތެޅި ބާލަނީ ގޮތް ހުސް ވެގެން ކުރެވޭ ނުކުރެވޭހިސާބައްގޮސްފި ފޭލި ވެއްޖެ ކަމައް އަމިއްލަ ދެން ގަބޫލް ކުރަން ވެއްޖޭނު ލާދީނީ ނުބައި ނުލަފާ ސަރުކާރު އިސްތި އުފާ އިސް ތިއުފާ