ލޮނުޒިޔާރަތް ބަގީޗާ އަންނަ ހަފްތާގައި ނިންމާލަނީ
![](https://dhen.mv/wp-content/uploads/2020/08/Z3yJYnyfsc18Ghz-850x548.jpeg)
ސިނަމާލެ ބްރިޖު ކައިރީގައި ލޮނިޒިޔާރަތް މަގުގައި ހަދާ ބަގީޗާ އަންނަ ހަފްތާގައި ނިންމާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެގޮތުން ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބަގީޗާގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ވެސް މުޅިން ނިންމާލެވޭނެ ކަމަށެވެ.
ނަމަވެސް ބަގީޗާ އާއްމުކޮށް ހުޅުވާލެވޭނެ ތާރީޚެއް ބުނަން އަދި ނޭނގޭ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.
"ބަގީޗާ އާއްމުކޮށް ހުޅުވާލެވޭނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ. ތަފާތު އަދި އެހާމެ ހިތްގައިމު މާހައުލެއް މާލެއިން ވެސް ފެންނާނެ. އިންތިޒާރުކޮށްލައްވާ،" ޝަމާއު ވިދާޅުވިއެވެ.