ދީން

މާތް ﷲ އަހަރެމެން މި ދުނިޔެއަށް ފޮނުއްވެވީ ކޮން ބޭނުމަކު؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

Ads by STELCO

"މި ދުނިޔެއަށް މީހުން އުފަންވެއެވެ. އަދި އެބައެއްގެ އަޖަލު ހަމަވުމުން ދުނިޔެ ދޫކޮށް ދެއެވެ.

މަރުވާނީ ކޮންއިރަކު ކޮން ވަގުތަކުކަން އެކަކަށް ވެސް ނޭނގޭނެއެވެ. އަދި ދުނިޔެއަށް ކޮންމެ އިންސާނަކު ވެސް ފޮނުއްވުމަށް ފަހު އެކަލާނގެ އެ މީހަކާ އެކިއެކި ހުރަސްތައް ކުރިމަތި ކުރައްވައެވެ. އެއީ އިންސާނުންނަށް އިމްތިހާނެއްގެ ގޮތުގައެވެ.

އެކަލާނގެ އަހަރުމެން މި ދުނިޔެއަށް ފޮނުއްވެވީ ކީއްވެކަން ނުވަތަ ކޮން ބޭނުމަކުކަން އެނގޭ ހެއްޔެވެ؟ އެއީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ފަރުޟު ފަސް ނަމާދު ގާއިމް ކުރުމަށެވެ. ފަހެ، ފަރުޟު ފަސް ނަމާދު ގާއިމް ނުކުރާ މީހާ ވެގެން ވަނީ ބޮޑު ވެގެންވާ އަޒާބެއްގައިކަން ކަށަވަރެވެ.

ފަރުޟު ފަސް ނަމާދު ގާއިމް ކުރަންވަނީ އަހަރެމެންނާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވިމަގު އިޚްތިޔާރުކޮށް، ފުރިހަމައަށް އީމާންވުމުން ނޫނީ އަހަރެމެން މި ދުނިޔެއަށް ފޮނުއްވާފައިވާ ސަބަބެއް އަހަރުމެންނަކަށް ރަނގަޅަށް ނޭނގޭނެއެވެ.

މާތް ﷲއަށް އަޅުކަން ކުރަންވީ އެކަލާނގެއާއި ބައްދަލުވާނެ ދުވަހު (ތިމާ މި ދުނިޔެއިން ވަކި ވެގެންދާ ހިނދު) މަރަށް ފުރިހަމައަށް ތައްޔާރުވެފައި އަޅަކަށް ވުމަށެވެ. މާނައަކީ އެކަލާނގެ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި ގޮތަށް އުޅެ، ހެޔޮ ޢަމަލުތައް ގިނަކޮށް ތިމާއަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެއްކަމަށް ތައްޔާރުވެ ހުރުމެވެ. ސުވަރުގެވަންތަ ވެރިއަކަށް ވުމުގެ ނަސީބު ލިބުން އޮތީ އެއިރުންނެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!