ރިޕޯޓް

"މިވަގުތު އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން ދަނީ އެހެން ކޯލްތަކަށް ޖަވާބު ދެއްވަމުން"

ރައުފާ ރަޝީދު ، ދެން އޮންލައިން

"މިވަގުތު އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން ދަނީ އެހެން ކޯލްތަކަށް ޖަވާބު ދެއްވަމުން" ހަމަ ޔަޤީނުން ވެސް މިއީ ދިވެހި އެއްވެސް ރައްޔިތަކަށް އާ ޖުމްލައަކަށް ވެގެނެއް ނުދާނެއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި އެންމެން އެ މުވައްސަސާތަކަށް ބަރޯސާވާ ތަންތަނުން ޚިދުމަތެއް ހޯދުމަށް، ނުވަތަ މަޢުލޫމާތެއް ސާފުކޮށްލުމަށް ގުޅާލުމުން ދެވޭ އަނގަމަތީ ޖަވާބެވެ. މި ޖުމްލައަށް ފަހު ނިދިއަންނަވަރުގެ ރާގު ކޮޅެއް، ނުވަތަ އެ މުވައްސަސާއެއްގެ އިސްތިހާރެއް އަޑުއިވިގެން ދާއިރު، ގުޅައިގެން ހުންނަ އާންމު ރައްޔިތުމީހާ އިންތިޒާރުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހެއެވެ.

Ads by STELCO

މި ކުޑަ އާބާދީ އޮންނަ ގައުމުން ކޮންމެ ކުއާޓާރއެއްގެ ފައިދާ ގޮތުގައި ނަގާ އަދަދު އުޅެނީ 150 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތީގައެވެ. ނަމަވެސް، ޚިދުމަތެއް ހޯދުމަށް އާންމު ފަރުދަކު ގުޅައިލުމުން އެ ކަސްޓަމަރުގެ ފޯނަށް ޖަވާބު ދިނުމަށް ތިރީސް މިނެޓުން ގަޑިއިރަށް ދާންދެން ވަގުތު ނަގައެވެ. ސުވާލަކީ، ފައިދާ ގޮތުގައި އެތައް މިލިއަން ރުފިޔާ އެއް ނަގާ ވިޔަފާރިތަކުގައި ޚިދުމަތް ދިނުމަށް މުވައްޒަފުން މަދުވަނީ ކީއްވެތޯއެވެ. ނުވަތަ، އެތައް ދުވަހެއް ވަންދެން ދިވެހި ރައްޔިތުންގެ ޝަކުވާގެ އަޑު ނީވެނީބާއެވެ.

މިދަންނަވާ ވިޔަފާރިތަކަށް މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ބަރޯސާވެގެން ތިބޭއިރު، ފޯނު ކޯލްގެ އިތުރުން، އެ މުވައްސަސާއެއްގެ އޮފީހަށް ނުވަތަ އައުޓްލެޓަކަށް ވަދެ ޚިދުމަތް ހޯދާމީހުން ވެސް މަދެއް ނޫނެވެ. މި ދަންނަވާ ކޮންމެ އޮފީހެއް ނުވަތަ އައުޓްލެޓެއްގައި ވެސް ޚިދުމަތް ދެވޭ ގޮތަށް ގިނަ އަދަދަކަށް ކައުންޓަރ ހުއްޓަސް، އެއްފަހަރާ ޚިދުމަތް ދެވެނީ އެއް ކައުންޓަރުން ނުވަތަ 2 ކައުންޓަރުންނެވެ. ނަމަވެސް، މިއިން ކޮންމެ އިދާރާއެއް ވެސް ހުޅުވާ ދުވަހުން ފެށިގެން ހަފްތާއެއް ވަރު ވަންދެން 10 ވަރަކަށް ކައުންޓަރުން އެއްފަހަރާ ކަސްޓަމަރުންނަށް ޚިދުމަތް ދެއެވެ.

ކައުންޓަރުގެ އަދަދު ކިތަންމެ ގިނަވިޔަސް، އެ ކައުންޓަރގައި އިށީނދެގެން އިނދެ ކަސްޓަމަރަށް ޚިދުމަތް ދޭނެ މުވައްޒަފަކު ނެތުމަކީ މިލިއަނުން ފައިދާ ވިޔަސް، ވިޔަފާރި ފުޅާވުމެއް ނޫނެެވެ. ވިޔަފާރި ވަރުގަދަ ކުރުމުގެ ނިޔަތުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްލެޓްތަކެއް ހަދަމުން ގޮސް ފަޅުރަށްތަކަށް ދާންދެން މަރުކަޒުތައް އިމާރާތްކޮށްފައި ހުއްޓަސް، އެއިން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނުކުރާނެކަން ހަނދާންކޮށްދޭން ޖެހޭނީ އާދައިގެ ރައްޔިތުމީހާއެއް ނޫނެވެ.

ރާއްޖޭގެ ރައްޔިތުން ޝަކުވާކޮށްފައި އަދި ޒުވާބު ވެސް ކޮށްފައި ބަސްއަހައިގެން ތިބެނީ އިތުރު ގޮތެއް ނެތިގެން ކަމީ މި ބުނާ ވިޔަފާރިތަކުން ވެސް ގަބޫލުކުރާ ކަމެކެވެ. އެހެން ކަމުން ކަސްޓަމަރެއް ޖަވާބެއް ހޯދުމަށް ފޯނުގައި އެއްގަޑިއިރު އިންތިޒާރުކުރަން ޖެހެނީ އޭނާއަށް އެ ޖަވާބު އެނޫން ތަނަކުން ނުލިބޭނެކަން އިނގޭތީއެވެ.

މިއިން ކޮންމެ ވިޔަފާރިއަކީ ވެސް، އެ ވިޔަފާރި އިޝްތިހާރު ކުރުމަށް އަހަރެއްގެ މައްޗައް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރާ ވިޔަފާރި ތަކެކެވެ. ބޮޑެތި ބެނާތައް ހެދުމާއި، ސްޕޮންސާގެ ގޮތުގައާއި އިޝްތިހާރު ކުޅުމަށް ވެސް އެތައް ރުފިޔާއެއް ޚަރަދު ކުރާއިރު އެއިން އެއްބައި ޚިދުމަތް ރަނގަޅު ކުރަން ވެސް ހޭދަ ކުރާނަމައޭ ހިތަށް އަރައެވެ. އިޝްތިހާރުތަކުގައި މޮޅު ވާހަކަ ހުއްޓަސް އޭގެ އަމަލީ ފައިދާއެއް ރައްޔިތުންނަށް ނުކުރާކަން، މީސްމީޑިއާގައި ހުންނަ އާންމުންގެ ޝަކުވާތަކުން ވަރަށް ސާފުކޮށް ފެނިގެން ދެއެވެ.

ޔަގީނުން ވެސް، ވިޔަފާރި ފުޅާ ކުރުމަށް ކޮންމެ ބަޔަކު ވެސް ޚަރަދު ކުރާނެއެވެ. އަދި ވިޔަފާރި އެތެރޭގެ ކަންކަން ރަނގަޅު ކުރުމަށް ވެސް ޚަރަދު ކުރާނެއެވެ. ނަމަވެސް، އެއިން އާންމު ރައްޔިތު މީހާގެ ވަގުތު ސަލާމަތް ނުވާނަމަ ޝަކުވާ ވަރަށް ވެސް ގިނަވާނެއެވެ

Ads by HDC
  1. އަހްމަދު

    ތީ ހަމަ އަޅުގަނޑުގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުން
    ދިވެހި ރައްޔިތުން މިކަމުގަ އަޑުއުފުލާން މާބޮޑަށް ލަސްވެއްޱެ!ދިގު ދެމިގެންދާގޮތަށް މުޒާހަރާ ތައް ކޮށް ރައްޔިތުންގެ ސިކުނޑި ގާނުވާ ގޮތަށްމިވެރިންގެ ސިކުނޑިތައްވެސް ރަނގަޅަށް ގާނުވަންވީ މިއީ މިކަމަށް އޮތް އެންމެ ފަހު ފަންޑިތަ!؟

  2. އެދުރުބެ

    ވަރަށްވެސް ބޮޑު ހަގީގަތެއް ދިވެހިން ހުރިހާކަމެއްގަވެސް މިހާރު އުޅެންޖެހެނީ ތިފަދަ ހާލެއްގަ ދެރަކަމުގެ ކޮޅެއްނެއް. އާދޭހާއެކު އެދެނީ ދިވެހިންނަށް ކަންކަމުގައި ފަސޭހައިން ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަދޭށޭ!

  3. ފައިސަލް

    ތިޔަކަން ތިހެން!! މިކިޔާ ރައްޔިތުންގެ ބެންކު 3330200 ގެ ކަންތައް އަދި މާބޮޑު!! ރޭގަނޑު ނިދި ނަގާލައި އެޔޯ މެންނަށް އަޅުގަނޑު ގުޅަނީ މެންދަމު!!