ދުނިޔެ

ބެންގަލޫރުގައި ކޮވިޑް ޖެހުނު ތިން ހާހަށް ވުރެ ގިނަ މީހުން "ގެއްލިއްޖެ"

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާއަކީ މިވަގުތު ކޮވިޑް19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި ވެސް ކޮވިޑްގެ ކޭސްތައް އަންނަނީ ދުވަހުން ދުވަހުން އިތުރުވަމުންނެވެ. ބެންގަލޫރުގެ ހާލަތު މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ވަނިކޮށް މިވަނީ މުޅިން އައު މައުލޫތެއް ހާމަކޮށްފައެވެ.

Ads by Sosun Fihaara

އެގޮތުން ބެންގަލޫރުގައި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 3 ހާހަށް ވުރެ ގިނަ މީހުން ވަނީ ސިއްހީ ނިޒާމަށް ގެއްލިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޖުމްލަ 3338 މީހަކު ވަނީ ޓެސްޓު ގެ ނަތީޖާ ފައްސިވުމަށް ފަހު ގުޅަން މަސައްކަތް ކުރުމުން ވެސް ނުގުޅިއެވެ. މީގެ ގިނަ ފަރާތްތައް ފޯރުކޮށްދީފައިވަނީ ނުބައި ފޯނު ނަންބަރާއި އެޑްރެސް ކަމަށް ވެސް ބެންގަލޫރު ޕޮލިސް އާ ހަވާލާދީ އިންޑިއާ ގެ ގިނަ ނޫސްތަކުގައި ބުނެފައިވެއެވެ.

ކަމާބެހޭ ފަރާތްތަކަށް މި ފަރާތްތަށް މިހާތަނަށް ޓްރޭސް ކުރެވިފައިނުވާއިރު، މި ފަރާތްތައް ތިބީ ކަރަންޓީނުގައި ކަމެއް ވެސް ނޫން ކަމެއް ވެސް ޔަގީން ކޮށް ބުނަން ނޭނގެއެވެ.

ކަރްނަތަކާ ސްޓޭޓުގެ ދެ ބައި ކުޅަ އެއްބައި ކޭސް ތަކަކީ ބެންގަލޫރުން ރިޕޯޓުކުރެވިފައިވާ ކޭސްތަކެވެ. އެގޮތުން އާދިއްތަ ދުވަހު އެކަނި ވެސް 2 ހާހަށް ވުރެ ގިނަ މީހުން ފައްސިވެ، ބެންގަލޫރުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 43 ހާހަށް ވުރެ މައްޗަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!