މިރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފި
އިދިކޮޅުން މިރޭ ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފިއެވެ.
ފުލުހުން ބުނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައި ކަމަށެވެ.
މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައި މިފަދަ ކަމެއް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މިކަން ކުށްވެރިކުރައްވާކަން ހާމަކުރައްވަމުން ސީޕީ ވެސް ވަނީ މި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
Two of our officers who were performing public order policing duties were spat at by a protester(s) tonight. We are still in the midst of the #COVID19 pandemic and have had the highest number of local infections today. Strongly condemn this uncivilised act. Will be investigated. pic.twitter.com/nihF1NyVGp
— Mohamed Hameed (@M_Hameedh) July 28, 2020