Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީޕީއެމްގައި މަގުބޫލު، ޒުވާން ޔާމީން ގުރައިދޫ ރައީސްކަމަށް

ޕީޕީއެމްގައި މަގުބޫލު، ޒުވާން ޔާމީން ގުރައިދޫ ރައީސްކަމަށް

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރެއްވި މުޙައްމަދު ޔާމީން މަގާމު ކަށަވަރު ކޮށްފިއެވެ.

ޔާމީނާއެކު ޕީޕީއެމްގެ ކެނޑިޑޭޓުން ވަނީ ގުރައިދޫ ކައުންސިލްގެ މެޖޯރިޓީ ހޯދައިފައެވެ.

މިހާރު ވެސް ރަށު ކައުންސިލްގެ މެމްބަރުކަން ކުރައްވާ ޔާމީނަކީ ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި މަގުބޫލު ޒުވާނެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައެވެ.

Advertisement
Ooredoo — Truecaller (box)

ތިން ބައްޔަށް ފަހު ޕީޕީއެމުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްފައެވެ. މި އިންތިޚާބުގައި އެ ޕާޓީން ވަނީ މާލޭ ސިޓީގެ މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދައި ގިނަ އަތޮޅެއްގެ ރައީސްކަމުގެ މަގާމުތައް ވެސް ކަށަވަރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް