Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިހަވަންދޫގެ 7 ގޮނޑި ޕީޕީއެމްއަށް، އެމްޑީޕީއަށް 0

ހއ.އިހަވަންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބު ކޮށްފިއެވެ.

މިހާރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އިހަވަންދޫ ކައުންސިލަށް ވާދަ ކުރެއްވީ ޕީޕީއެމްގެ ހަތް ކެނޑިޑޭޓުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

އިހަވަންދޫ ކައުންސިލަށް ހޮވިފައިވަނީ، ޕީޕީއެމްގެ ޓިކެޓްގައި މުޙައްމަދު ޢަރީބާއި އަޙްމަދު ރިޟްވާނާއި މުޙައްމަދު ޒާހިިރު ޙަސަނެވެ. އެކައުންސިލަށް އެމްޑީޕީއިން ވާދަކޮށްފައިވަނީ ޢަލީ ރަމީޒާއި މުޙައްމަދު ވިޝާޙުގެ އިތުރުން މުޙައްމަދު އަޒުހަމްއެވެ. އެރަށު އަންހެން ގޮނޑިއަށް ހޮވިފައިވަނީ، ޙަލީމަތު ސުމާއާއި ޢާއިޝަތު ޝަޒުލާގެ އިތުރުން ފާޠިމަތު ޝަނީޒާއެވެ. މި ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ މުޙައްމަދު ރަޝީދު އާ ވާދަކޮށް ކުރި ހޯދާފައި ވަނީ ޕީޕީއެމް އިން ކުރިމަތިލި އަޙްމަދު ޞަބާޙް އަށެވެ.

Advertisement
Allied — Dhen Online (box)

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ދަނީ މާލެއާއި އަތޮޅުތަކުން ބޮޑެތި ކާމިޔާބުތަކެއް ހޯއްދަވަމުންނެވެ. އެގޮތުން ގިނަ އަތޮޅުތަކެއްގެ ރައީސުންގެ ގޮނޑި އެ ޕާޓީން ކާމިޔާބު ކުރިއިރު މާލެ ސިޓީގެ މެޖޯރިޓީ ވެސް ވަނީ ހޯދާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް