މާމެންދޫ ހިމެނޭހެން މުޅި ފޮނަދޫ ދާއިރާ އެމްޑީީޕީއަށް ބުނީ ނޫނެކޭ
![](https://dhen.mv/wp-content/uploads/2021/04/photo6309864268941601860-850x548.jpg)
ލޯކަލް ކައުންސިލް އިންތިޚާބުގައި ލ.ފޮނަދޫ އަދި މާމެންދޫގެ ހުރިހާ ގޮނޑިއެއް ވެސް ޕީޕީއެމްއިން ކާމިޔާބު ކޮށްފިއެވެ.
ލ.މާމެންދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ޕީޕީއެމްގެ ކެނޑިޑޭޓް ހަސަން ރަމީޒެވެ. އޭނާއާ ވާދަ ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ހުސައިން ހަބީބު އަލީއެވެ.
ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އިންތިޚާބު ވީ ޕީޕީއެމްގެ ދެ ކެނޑިޑޭޓުން ކަމަށްވާ ޔޫސުފް ޖަޛްލާން އާއި އިބްރާހިމް ރަމީޒެވެ. އެމްޑީޕީން ވާދަ ކުރައްވާ ނާކާމިޔާބު ވީ އިބްރާހިމް ޝާމިލް އާއި ޔޫސުފް އިރްފާން އެވެ.
އެމްޕީ ސިރާޖުގެ ރަށް ފޮނަދޫގެ ފަސް ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް ރައީސް ކަމުގެ ގޮނޑި އަހުމަދު ރިޔާޒު ކާމިޔާބު ކުރެއްވިއިރު ފިރިހެނުންގެ ދެ މަގާމު ކާމިޔާބު ކޮށްފައި ވަނީ މަމްދޫހާއި ޢަބުދުއްރައޫފެވެ. އަދި އަންހެން ދެ މަގާމު ކާމިޔާބު ކޮށްފައި ވަނީ އައިޝަތު އަޒީމާއާއި ވަރުދާ ހުސައިންނެވެ.
ވޯޓުން ވައްކަން ކޮށްގެން ގޮނޑި ލިބުނު ސިރާޖު! ކޮބާ ފެނޭތަ ކަލެއަށް؟