ޚަބަރު

އެމެރިކާގައި ކޮވިޑް ޖެހިގެން ކޮންމެ މިނަޓަކު މީހެއް މަރުވޭ

ދެން އެމްވީ ، ދެން އޮންލައިން

އެެމެރިކާއަކީ މިވަގުތު މުޅި ދުނިޔޭގައި ވެސް ކޮވިޑް19 އެންމެ ގިނަ މީހުން ޖެހުނު ގައުމެވެ.

Ads by MWSC

އެގައުމުގައި ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި ބުދަ ދުވަހު އެގައުމުގައި ކޮވިޑް ޖެހިގެން ކޮންމެ މިނަޓަކު މީހަކު ވަނީ މަރުވެފައެވެ. އެގައުމުން ޖުމްލަ 150,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ބުދަ ދުވަހު ވަނީ ރެކޯޑު މިންވަރަކަށް މީހުން މަރުވެފައެވެ.

މިއީ މިހާތަނަށް އެމެރިކާގެ ފްލޮރިޑާ، ކެލިފޯނިއާ އަދި ޓެކްސަސް ގައި އެއް ދުވަހުން އެންމެ ގިނަ މީހުން މަރުވި ދުވަހެއެވެ. އެގޮތުން ބުދަ ދުވަހު ވަނީ 1461 މީހުން މަރުވެފައެވެ.

އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ފާއިތުވި 11 ދުވަހު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މި މުއްދަތުގައި އެކަނިވެސް ވަނީ 10،000 ވުރެ ގިނަ މީހުން މަރުވެފައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި އެމެރިކާގައި ކޮވިޑް19 ގެ ހާލަތު މިހާ ގޯސްވެފައިމިވަނީ އެ ގައުމުގެ ސަރުކާރުން އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ސަބަބެއްގެ ގޮތުގަިއ ފާހަގަކޮށްފައިވަނީ މިހާރު ކޮވިޑަށް ގިނައިން ފައްސިވަނީ އުމުރުން ހަގު އަދި ސިއްހަތު ރަނގަޅު މީހުން ކަމުގައިވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!