އެންމެ ފަހުން ބްރެޒިލް ރައީސް ގެ އަނބިކަނބަލުންވެސް ކޮވިޑަށް ފައްސިވެއްޖެ

ކޮވިޑް19 އަކީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅޫވި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އަނބިކަނބަލުން މިޝޭލް ކޮވިޑަށް ފައްސިވެފައި މިވަނީ ރައީސް ކޮވިޑަށް ފަރުވާ ހޯއްދެވުމަށްފަހު، ބަލިން ފަސޭހަވެވަޑައިގެންފައި ވަނިކޮށެވެ.
ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކެބިނެޓުގައިވެސް ހިމެނިވަޑައިގަންނަވާ މިޝޭލް ބުރާސްފައތި ދުވަހު ކޮވިޑަށް ފައްސިވެފައިވާއިރުއެކަމަނާ މިހާރު ގެންދަވަނީ ފަރުވާ ހޯއްދަވަމުން ކަމަށާއި، ޙާލުކޮޅުވެސް ރަނގަޅު ކަމަށެވެ.
މިހާތަނަށް ބްރެޒިލްގެ ކެބިނެޓުގެ ފަސް މެންބަރަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ބްރެޒިލްގައި ކޮވިޑުގެ ހާލަތު އެހާ ގޯސްެވެފައިވަނީ ވެސް ބޮލްސޮނާރޯ އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.