ޚަބަރު

ﷲ އަށް ހަމްދުހުރި، އިތުރު 39 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 39 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Hajj Corporation

މި 39 މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2607 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކަޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު އިތުރު 74 މީހުން ފައްސިވި ކަމަށާއި އޭގެ ތެރެއިން 70 ކޭސް ފެނިފައިވަނީ މާލެއިން ކަމަށާއި އަނެއް 4 ކޭސް ފެނިފައިވަނީ އަތޮޅުތެރެއިން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ 8 މީހެއްގެ އިތުރުން ސްރިލަންކާ މީހަކާއި ނޭޕާލް މީހެއްގެ އިތުރުން ފިލިޕީންސް މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3793 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1155 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހީންނާއި، ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!