Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

“މި އަންނަނީ މައްސަލަތައް ހައްލު ކުރަން، ކުނާ އަތުރައިގެން މާލޭ މަގުމަތީގައި ކައުންސިލް ބައްދަލުވުން ބާއްވާކަށެއް ނޫން”

“މި އަންނަނީ މައްސަލަތައް ހައްލު ކުރަން، ކުނާ އަތުރައިގެން މާލޭ މަގުމަތީގައި ކައުންސިލް ބައްދަލުވުން ބާއްވާކަށެއް ނޫން”

އިދިކޮޅު ފަރާތްތައް މާލެ ސިޓީ ކައުންސިލަށް އަންނަނީ މާލޭ މަގުމަތީގައި ކައުންސިލު ބައްދަލުވުން ބާއްވަން ނޫން ކަމަށާއި، ނަމަވެސް މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމަށް ކަމަށް ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކައުންސިލު އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އެ ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އިދިކޮޅުން އަންނަނީ މާލެ އާއި ހުޅުމާލޭގެ ރައްޔިތުން ބޭނުންވާ ފަދަ ތަރައްޤީއެއް ހޯދައި ދިނުމަށް ކަމަށާއި ޕީޕީއެމްގެ ކައުންސިލަރުންނަކީ ނަމޫނާ ދައްކާ ރަނގަޅު ހިދުމަތް ތަކެއް މާލެ ސިޓީއަށް ގެނުވާނެ ބައެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝުޖާއު ވިދާޅުވީ 11 އަހަރަށް ފަހު މާލެ ސިޓީ ލިބިއްޖެ ކަމަށާއި ރައީސް ޔާމީންގެ ޒަޢާމަތުގައި މާލެއަށް ގެނެސްދެއްވާ އިންގިލާބީ ބަދަލު އެގޮތުގައި ދެމިއޮތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި މާލެ ސިޓީއަށް ވަންނަ ފުރަތަމަ ދުވަހަކީ ވެސްހުޅުމާލޭގެ ރައްޔިތުންނަށް އިސްކަން ދޭނެ ދުވަހެއް ކަމަށާއި ހުޅުމާލޭގެ މަސްވެރިންނަށް އޮޑި އެހެލޭނެ ތަން ގާއިމް ކުރުމަށް އެންމެ ފުރަތަމަ ދުވަހު ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް