މާފުށީގައި މަންމަ އަކާއި ދަރިފުޅު ކޮވިޑަށް ފައްސިވެއްޖެ

ކ. މާފުށީގެ ގެއެއްގައި ކަރަންޓީންގައި ހުރި ދެމައިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ އެރަށަށް ހޯމް ކަރަންޓީނަށް ގޮސް ތިބި މަންމަ އަކާއި އޭނާގެ ދަރިފުޅެވެ.
މި ދެ މީހުން ފައްސިވިކަން އެޗްޕީއޭ އަންގާފައިވަނީ ހައްޖު ދުވަހުއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ރަށް ރަށުގައި ހޯމް ކަރަންޓީނަށް ގޮސް ތިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ދިވެހިން ފައްސިވާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުނާ ކުޑަކުދިން ވެސް އަންނަނި ގިނަ އަދަދަކަށް ފައްސިވަމުންނެވެ.
މިހާތަނަށް ރާއްޖޭގައި މަރުވާ މީހުންގެ ޢަދަދު އެހެން ޤައުމުތަކާއި އަލާބަލާއިރު މަދުނަމަވެސް ޖުލައި މަހުން ފެށިގެން ޢުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހައްމަލުކުރާ މީހުންންނަށް ބަލިޖެހޭ ޢަދަދު އިތުރުވެފައިވުމުން ނިޔާވާ މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް ވަނީ ލަފާކުރެވިފައެވެ.