ލުއި ޚަބަރު

ފޭސްބުކް އައިޑީތަކުގެ މައުލޫމާތު ލީކު ކުރާ ޓެލެގްރާމް ބޮޓެއް، ސަމާލުވޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދެތިން ދުވަހެއް ކުރިން ނޫސްތަކުގެ ފަަލަ ސުރުހީއަށް އެރީ އެތައް މިލިއަން ބައެއްގެ ފޭސްބުކް އައިޑީތައް ހެކު ކޮށް، "ޕާރސަނަލް" އެތައް މައުލޫމާތު ތަކެއް ލީކު ކޮށްލި ވާހަކައެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި އުފެދުނު ބިރުވެރިކަމަށް ނިމުމެއް އަދި ނާންނަ އިރު، މިއަދު މިއޮތީ އަދި އެއަށްވުރެ ނުރައްކާތެރި ވާހަކައެކެެވެ.

Ads by Sosun Fihaara

ކުރިން ހެކް ކުރި 533 މިލިއަން ފޭސްބުކް އައިޑީގެ އިތުރުން އެހެން "ޑާޓާބޭސް" އަކުން ފޭސްބުކުން ޒާތީ މައުލޫމާތުތައް ލީކު ކުރަން މަސައްކަތް ކުރާ ވާހަކައެވެ. މިއީ ޓެލެގްރާމްގައި އުޅޭ "ބޮޓެއް" ކަމަށާއި އެ ބޮޓް ބޭނުން ކޮށްގެން ގިނަ ބައެއްގެ ޒާތީ މައުލޫމާތުތައް މިހާރު ވެސް ލީކު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

މި ބޮޓް ޓެލެގްރާމުން ފެނުމުން އެ ބޮޓް، އެމީހެއްގެ ފޭސްބުކާ ގުޅިފައިވާ ނަންބަރު ހޯދަން ސުވާލު ކުރާނެ އެވެ. އަދި މި ބޮޓް ލީކު ކުރާ މައުލޫމާތުތަކުގެ ތެރޭގައި ކުރިން ލީކް ކުރި އެއްވެސް މީހެއްގެ މައުލޫމާތު ލީކް ނުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

"މަދަރބޯޑުން" ބުނެފައިވާ ގޮތުގައި ނަންބަރުތައް ހިމެނިފައިވާ ޓޫލަކީ ޓެލެގްރާމްގައި ބޭނުންކުރާ ބޮޓެކެވެ. އެ ބޮޓާ ބެހޭ މައުލޫމާތުގައި ލިޔެފައި ވަނީ ވެސް އެއީ ފޭސްބުކްގެ ޕޭޖުތަކަށް ލައިކް ދީފައިވާ މީހުންގެ މައުލޫމާތުތައް ކަމަށެވެ.

މީހުންގެ ޒާތީ މައުލޫމާތު ފޭސްބުކްއިން ހަގީގަތުގައި ވެސް ލީކުވެއްޖެކަން މަދަރބޯޑަށް ޔަގީން ކުރެވިފައި ވަނީ، ލީކްވި ލިސްޓުގައި ހުރި ބައެއް ނަންބަރުތަކަށް އެމީހުން ގުޅައި ޔަގީން ކުރުމުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!