Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޓަރނެޓްގެ އަގުހެޔޮ، ރާއްޖޭގައި ޖީބީއެއް މިހާރު ފަސް ރުފިޔާ ބަޔަށް ލިބޭ: އަލީ ސޯލިހް

އިންޓަރނެޓްގެ އަގުހެޔޮ، ރާއްޖޭގައި ޖީބީއެއް މިހާރު ފަސް ރުފިޔާ ބަޔަށް ލިބޭ: އަލީ ސޯލިހް

ދިވެހިރާއްޖޭގައި އިންޓަނެޓުގެ އަގު ވެސް ރައްޔިތުންގެ އަތްފޯރާ ފަށަށް ތިރި ކުރެވިއްޖެ ކަމަށާއި މިހާރު ފަސް ރުފިޔާ ބަޔަށް ޑާޓާ ޖީބީއެއް ލިބޭނޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެެއްޖެއެވެ.

"ކުންފުނިތަކާއެކު އަޅުގަނޑުމެން ކުރި މަސައްކަތުން އިންޓަނެޓުގެ އަގަށް މި ވަނީ ހެޔޮ ބަދަލެއް އައިސްފަ. ހެޔޮ ބަދަލެކޭ އަޅުގަނޑު މި ދަންނަވަނީ 5 ރުފިޔާ ބަޔަށް މިހާރު ޖީބީއެއް އަޅުގަނޑުމެންނަށް އެބަ ލިބޭ. އަޅުގަނޑުމެން އެ މަސައްކަތް ފެށުމުގެ ކުރިން 33 ރުފިޔާއަށް ހުރި ޖީބީއެއް 5 ރުފިޔާ ބަޔަށް ލިބޭ ވާހަކަ އަޅުގަނޑު މި ދަންނަވަނީ "

އަލީ ސޯލިހު އިތުރަށް ވިދާޅުވީ 1000 ރުފިޔާއަށް މީގެ ކުރިން 30 ޖީބީ ލިބުނު ކަމުގައި ވިޔަސް މިއަދު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ. އަދި މާނައަކީ 5 ރުފިޔާ ބަޔަށް ޖީބީއެއް ލިބުން ކަމުގައި ތަކުރާރުކޮށް އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

އޭނާ ވިދާޅުވީ އަޅުގަނޑުމެން އަޅައި ކިޔަން ޖެހޭ ގައުމުތަކާ އަޅައި ކިޔައިފިނަމަ ކުރިއެރުމެއް ހޯދިފައި އޮތް ކަމަށެވެ. ނަމަވެސް އެ ގައުމުތަކެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ ވައުދު ފުދިއްޖެ ކަމަށާއި އަގާއެކު އެހެން ކަންކަން ވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް