ޚަބަރު

ކޮވިޑް-19: މަޑިފުށި މޮނިޓަރިންގެ ހާލަތަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ. މަޑިފުށީ މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

Ads by STELCO

އެ ރަށް މޮނިޓަރިން ހާލަތަށް ލެވިފައި ވަނީ އެ ރަށުން ތ.ވޭމަންޑޫއަށް ދަތުރުކުރި މީހަކު ކޮވިޑަށް ފައްސިވުާ ގުޅިގެންނެވެ.

ވޭމަންޑޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާ ގުޅިގެން އެ ރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވޭމަންޑޫ ކްލަސްޓާއިން ގިނަ ބައެއް ފައްސިވެފައިވާ އިރު، ކައިރި ބައެއް ރަށްތައް ވެސް ވަނީ މޮނިޓަރިންއަށް ލެވިފައެވެ.

މީގެ ތެރޭގައި ތ.ވިލުފުށި، ތ. ކިނބިދޭ، ތ.އޮމަދޫ، ތ.ގާދިއްފުށި ހިމެނެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުން މަދުވަމުން އަންނަ އިރު އިއްޔެ ފައްސިވެފައި ވަނީ 95 މީހެކެވެ.

ރާއްޖެއިން މި ބައްޔަށް ޖުމްލަ 25،939 މީހުން ފައްސި ވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 23،242 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!