Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 34،000އިން މައްޗަށް

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 34،000އިން މައްޗަށް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 34000އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 3,901 މީހުންނެވެ. އަދި އަތޮޅުތަކުން 1660 މީހުންނެވެ. މިއާއެކު މިއަދު ކޯވިޑް-19 ދިފާޢު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5561 މީހުންނެވެ. ރާއްޖެއިން ޖުމްލަ ދެވަނަ ޑޯޒް ޖަހާފައިވަނީ 34،531 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑި އިރު ވެކްސިންގެ ފުރަތަ ޑޯޒް ޖަހައިފައި ވަނީ ޖުމްލަ 2740 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 231 މީހުންނާއި އަތޮޅުތަކުން 2509 މީހުންނެވެ. މިއާ އެކު ރާއްޖެއިން ކޮވިޑް-19 އަށް ޖަހާ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 277،522 އަށް އަރައިފައެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/hpa_mv/status/1383025530220388358?s=21

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ މިމަހު ތިން ވަނަ ދުވަހުއެވެ. ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި މިހާރު ބޭނުންކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް