ޚަބަރު

އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ފަސް ދުވަސް ޖަހައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ މާލޭގައި ދެ މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:10 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އަދި އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކޮށްފައިވަނީ، އެ އަންހެން މީހާ އުފުލައިލައިގެން ގެންގޮސް ގަދަކަމުން ގެއެއްގެ ތެރެއަށް ވައްދައިގެންނެވެ.

ފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Ads by Allied Insurance
  1. އަވަހަށް ކަލޭމެން ބާރަށް އަތްޖަހާފަ ނަށަންވީނު ، ކޮންދުވަހަކުން ކަލޭމެން މިކަމާއި ދެކޮޅަށް ނިކުމެ މިކަމަށް އންސާފު ލިބޭތޯ ހެސްކިޔާފަ އުޅުނީއްޔާ ފާޑު ފާޑުގެ މުޅު ވާހަކަ ނުދައްކާ