Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިޙްޔާކުރުމުގެ ދެވަނަ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި

އިޙްޔާކުރުމުގެ ދެވަނަ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ބާއްވާ ދެވަނަ ޖަލްސާ މިރޭ 9:30ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ "ގުރުއާނުގެ ތަރުބިއްޔަތުން ދިރިއުޅުން ބިނާ ކުރާނެ ގޮތް" މި މައުލޫއަށެވެ. މި ޖަލްސާގައި އައްޝައިހް އިމްރާން އަބްދުﷲ އާއި އައްޝައިހް މޫސާ އަންވަރު ހަސަން އަދި އައްޝައިހް ނަސްރުﷲ އަލީ ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާ އެއްގޮތްވާ ގޮތަށް މި ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަ ކުރިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/mviaffairs/status/1383676987273666564?s=21

އިޙްޔާކުރުމުގެ ފުރަތަމަ ޖަލްސާ ބާއްވައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އެ ޖަލްސާގައި ވާހަކަދައްކައިފައި ވަނީ "ރަމަޟާން މަހާއި ނަބަވީ ފިލާވަޅު" މި މައުޟޫއަށެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް