Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަމަހަމަ ކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ: ނަޒްލާ

ހަމަހަމަ ކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ: ނަޒްލާ

ހަމަހަމަ ކަމާއެކު އެއްވެސް ތަފާތު ކުރުމަކައި ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ އާންމުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ވެކްސިން ޖެހުމުގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންތައްތަކާ ގުޅޭގޮތުން ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބެމުންދާ ކަމަށާއި ވެކްސިން އޮޕަރޭޝަން ޓީމުން އާންމުންނަށް ފަސޭހަވާނެ ގޮތަކަށް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ރަމަޟާން މަހަށް ވުމާއެކު ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“ރަމަޟާން މަސް ވީމާ ވަރަށް ގިނަ ދަތިތަކެއް އެބަހުރި. ވަގުތުގެ ރެސްޓްރިކްޝަން އެބަހުރި. އެހެން ނަމަވެސް އެ ކަންކަން ރަނގަޅު ކުރުމަށް ކޮންމެ ދުވަހަކު ވެސް ދަނީ މަސައްކަތް ކުރަމުން. އެޗްޕީއޭއިން ވެކްސިންގެ ކަންތައްތައް ކުރިޔަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކަކާ ގުޅިގެން. އެކި ހޮސްޕިޓަލްތަކާއި އެކިއެކި ފަރާތްތަކަކާ ގުޅިގެން އެކި ތަންތަނުން ވެކްސިން ސެންޓަރުތައް ހިންގަނީ “ ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ ގިނަ އިރު މީހުން މަޑުކުރަން ނުޖެހޭ ގޮތަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް