Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

ނަޖީބުގެ މަރު: އޭނާ އުޅުނީ ޖިންސީ ފުރައްސާރަ ކުރަން، އަދަބު ޙައްޤެއް ނޫން: ހަނާ

ނަޖީބުގެ މަރު: އޭނާ އުޅުނީ ޖިންސީ ފުރައްސާރަ ކުރަން، އަދަބު ޙައްޤެއް ނޫން: ހަނާ
ދެހާސް ބާރަ ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވާލި އެއް ހާދިސާއަކީ ޤާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި ހާދިސާއެވެ. އޭނާގެ ގާތިލުން ކަމަށް ދައުލަތުން ބުނެފައިވާ މ. މަސްރޫރާ އަހުމަދު މުއްރަތު އާއި އޭނާގެ ލޯބިވެރިޔާ ފާތިމަތު ހަނާ، އެ ދުވަހަށް ފަހު މާފުށީ ޖަލުގައި ދުވަސްތައް ހޭދަކުރަމުން ދާއިރު، އެ ދެ މީހުން މަރަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ހައިކޯޓުން ވަނީ ދަށު ކޯޓުގެ އެ ހުކުމަށް ތާއީދު ކޮށްފައެވެ. އެ ހުކުމް އަދިވެސް ތަންފީޒު ނުކުރާއިރު، މުއްރަތު ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ހަނާގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. ނަޖީބު މަރާލިކަމުގެ ކުށަށް 2012 ވަނަ އަހަރު އިއުތިރާފު ވުމަށްފަހު، މިއަދުގެ އަޑުއެހުމުގައި ހަނާ ވަނީ އެ ހާދިސާ ހިނގައިފައިވާ ގޮތް ފުރަތަމަ ފަހަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

ހަނާގެ ނަޒަރުގައި އޭނާއަށް އޮތް އަދަބު ޙައްޤެއް ނޫން!

މިއަދު އޮތް އަޑުއެހުމުގައި ހަނާ ބުނީ މުއްރަތުގެ ގެއަށް ނަޖީބު ގެނައީ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައެއްގައި ގާނޫނީ އެހީތެރިކަން ހޯދަން ކަމަށާއި ނަޖީބު އެ ގެއަށް އައީ އިރުއޮއްސުނު ފަހުން ކަމަށެވެ. އެ ވާހަކަ ދައްކަން ތިބެފައި މުއްރަތު ބޭރަށް ނުކުތުމުން، ނަޖީބު ގެ ފަރާތުން އުނދަގޫވާ ކަންތައްތަކެއް ފެނުމުން ބޭރަށް ނުކުމެ މުއްރަތު ކައިރީގައި އެ ވާހަކަ ބުނި ކަމަށް ހަނާ ބުންޏެވެ. ހަނާ އެ ވާހަކަ ބުނުމުން ވަޅިއެއް ހިފައިގެން މުއްރަތު ކޮޓަރިއަށް ގޮސް، ނަޖީބުގެ ކަރުގައި ވަޅި ޖައްސަައި، މޫނާއި އަތުގައި ޓޭޕު އަޅައި ގޮނޑިއެއްގައި ބަނދެފައި ބޭންދި ކަމަށް ވެސް ހަނާ މިއަދު ވަނީ ކިޔައިދީފައެވެ. "އަޅުގަނޑު ޓޭޕް އެޅީ ނަޖީބުގެ އަނގަމަތީގަ އާއި މޫނުމަތީގައި. ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އަޅުގަނޑު އޭނާގެ ނޭފަތަކު ޓޭޕެއް ނާޅަން. ޓޭޕް އެޅީ އޭނާއަށް ނޭވާ ލެވޭ ގޮތަށް،" ދިގު މުއްދަތަކަށް ފަހު، ކޯޓުގައި ވާހަކަ ދައްކަމުން ހަނާ ކިޔައިދީފައިވެއެވެ. ހަނާ ބުނީ ނަޖީބުގެ ކޭޝްކާޑާއި ޕިން ނަންބަރު ހޯދައިގެން ގޮސް ލާރި ނަގައިގެން އޭގެން އެރޭ ރަލާއި ކާ ބޯތަކެތި ގަތް ކަމަށެވެ. އަދި ރާ ބޮއެގެން އެރޭ ނިދީ ކަމަށް ވެސް އޭނާ ބުންޏެވެ. ހަނާ ބުނި ގޮތުގައި އޭނާއަށް ހޭލެވުނީ މުއްރަތު ވަރަށް ހާސް ވެގެން ހަނާއަށް ގޮވުމުންނެވެ. އޭރު ނަޖީބު މަރާލައިފައިވާ ކަމަށް ވެސް ހަނާ ބުންޏެވެ. "ވަރަށް ހާސްވެގެން ގޮވައިފައި ބުނީ މުއްރަ އަތުން ނަޖީބު މަރުވެއްޖެއޭ. ބުނީމާ އަޅުގަނޑު ބުނިން ކީއްހޭ ތިކުރީ. އެ ވަގުތު އަޅުގަނޑު ވެސް ވަރަށް ހާސްވި. އެއްވެސް އިރަކު އަޅުގަނޑުގެ އިންޓެންޝަނެއް ނޫން އެގޮތަށް ހެދުމަކީ،" ހަނާ ބުންޏެވެ. ނަޖީބު މެރީ މުއްރަތު އެކަނި ކަމަށް ބުންޏަސް، އޭނާގެ ހަށިގަނޑު ފޮރުވަން އުޅުމުގައި އެހީތެރިވި ކަމަށް ހަނާ ވަނީ ބުނެފައެވެ. އެކަން ކުރީ ވެސް ހާސް ވެގެން ކަމަށް ހަނާ ބުންޏެވެ. "އަސްލު އަމިއްލަ ސެލްފަށް ބްލޭމް ކުރެވުނީ އެގޮތަށް ކަންތައްތައް ވެފައި ހުރީމާ. އެކަމަކު އަސްލު ވިސްނާލާއިރު އެނގޭ އަޅުގަނޑަށް މިހާރު އައިސްފައި ހުރި ހުކުމަކީ އަޅުގަނޑަށް ޑިޒާވް ހުކުމެއް ނޫން،" ހަނާ ބުންޏެވެ.

މަރުގެ އަދަބު ހަނާއަށް ވެސް ނުދޭންވީ ސަބަބެއް ނެތް

ހަނާގެ އެ ހުރިހާ ވާހަކަތަށް ފަހު ވެސް، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހަނާއަށް މަރުގެ އަދަބު ނުދެވޭނެ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އެއީ ނަޖީބުގެ ވާރިސުންގެ މަރަށް މަރު ހިފަން ބޭނުންވުމާއި ހަނާއަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމުގެ އިތުރުން އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ފަދަ ހާލަތެއް އޮތްކަން ހަނާއަށް ސާބިތުކޮށް ނުދެވޭތީ ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން ނަޖީބު މަރާލުމުގައި ހަނާ ބައިވެރިވި ކަމަށް އޭނާ ވަނީ އަމިއްލައަށް ދަށު ކޯޓުގައި އިއުތިރާފު ވެފައެވެ، މީހަކު މަރާލަން ރޭވުމަށް ފަހު، އެކަން އެގޮތަށް ތަންފީޒު ކުރުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު ހިފުމުގެ އަދަބު ދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށާއި އެއީ ތަމާލުއުގެ އުސޫލު ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އިތުރަށް ބުނެފައި ވަނީ ނަޖީބު މަރާލަން ދުރާލާ ރޭވިކަން ހަނާގެ އަމިއްލަ އިއުތިރާފުން ސާބިތުވާއިރު، ނަޖީބުގެ އަތާއި ފައި ގޮނޑިއެއްގައި ބަދެފައި ވަނީ ހަނާ ކަމަށްވާތީ ނަޖީބަށް އަމިއްލަ ނަފްސު ދިފާއު ނުކުރެވޭނެ ގޮތް ހެދީ ހަނާ ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ހަނާ މަރަން ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް