10 މީހަކު ފައްސިވެ މަތިވެރި ވެސް މޮނިޓަރިންއަށް

މަތިވެރިން 10 މީހަކު ކޮވިޑަށް ފައްސިވެ އެ ރަށް މޮނިޓަރިންގއަށް ލައިފިއެވެ.
ފައްސިވެފައި ވަނީ މަތިވެރިން ނެގި 15 ފްލޫ ސުންކުގެ ތެރެއިން 10 ސުންކެވެ.
އެ ރަށް މިހާރު މޮނިޓްރިން ހާލަތަށް ލެވިފައި ވާއިރު ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ވާނެއެވެ.
އެ ރަށުން ފައްސިވި މީހުން މިހާރު އެކަހެރިކޮށްފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި މި މިކަމާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެއެވެ.