ޚަބަރު

ޚާއްޞައެހީއަށް ބޭނުންވާ ކުދީން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ ތުހުމަތު!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ސަރުކާރުގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުން ވަޒީފާ ދެއްވައިފައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީން ވަޒީފާއިން ވަކި ކުރަމުންދާކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް ކުދީން މިހާރު ވަނީ ވަކިކޮށްފައެވެ. އަދި އެހެން ބައެއް ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ އެފަދަ ބައެއް ކުދީންގެ މުސާރައާއި އިނާޔަތްތައް ވަނީ ކުޑަކޮށްފައެވެ، އެފަދަ ބައެއް ކުދީން ވަޒީފާއިން ވަކިކޮށް ދީފައިވާ ލިޔުމުގެ ކޮޕީ "ދެން"އަށް ވަނީ ލިބިފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރެޖިސްޓްރަރ އަފޫ ހާމިދު ވެސް ވަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާއްޞައެހީއަށް ބޭނުންވާ އެތައް ދަރީންގެ ވަޒީފާއިން ވަކި ކުރުމުގެ ލިޔުން ހަވާލުކޮށް އެކްޓިވިސްޓުންނަށް ވަޒީފާތައް ބަހަމުން ދާ ކަމަށެވެ.

"ދެ ރައީސުންގެ ކެހިވެރި އަވާމެންދުރުގައި ރައްޔިތުންނާއި މީޑިއާތައް ޖައްސައިފައި ސަރުކާރު ކޯލިޝަނުން ގެންދަނީ ރެކޯޑް މިންވަރަށް ވައްކަން ކުރައްވަމުން އަދި ޚާއްޞަ އެހީއަށް ބޭނުންވާ އެތައް ދަރީންގެ ވަޒީފާއިން ވަކިކުރުމުގެ ލިޔުން ހަވާލުކޮށް އެކްޓިވިސްޓުންނަށް ވަޒީފާތައް ބަހަމުން" އަފޫ ވިދާޅުވިއެވެ.

މުޖުތަމައުން ހަވާސާ ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދީން ބާރުވެރި ކުރުވާ އެކުދީންނަށް އާމްދަނީ ހޯދޭނެ މަގެއް ފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އެ ކުދީންނަށް ވަޒީފާ ދެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަސައްކަތެކެވެ. މި ސަރުކާރުން ވެސް އެކަން ކުރިއަށް ގެންގޮސް އެފަދަ ކުދީންނަށް ވަޒީފާ ދެއްވައިފައި ވެއެވެ.

Ads by Allied Insurance
  1. ޙުސްނީ

    ހުރި ހިތާމައެއްގެ ބޮޑުކަމާޢޭ…. ރީތި ރޯޅިއެއްގައި 2023 ގައި ބުރުވާލާނަން އިންޝާ ﷲ