Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮރޯނާ ވައިރަސް ނައްތާލެއްވުން އެދި މާތް ﷲ އަށް ދުއާ ދަންނަވައި ދެއްވުމަށް އިންޑިއާގެ ފުލުހުން އެދިއްޖެ

ކޮރޯނާ ވައިރަސް ނައްތާލެއްވުން އެދި މާތް ﷲ އަށް ދުއާ ދަންނަވައި ދެއްވުމަށް އިންޑިއާގެ ފުލުހުން އެދިއްޖެ

ކޮރޯނާ ވައިރަހުން ސަލާމަތް ކޮށްދެއްވުން އެދި މާތް الله އަށް ދަންނަވައި ދެއްވުމަށް، އިންޑިއާގެ ފުލުހުން ، އެ ގައުމުގެ މުސްލިމުންގެ ކިބައިން އާދޭހާއެކު އެދިއްޖެއެވެ.

އާންމުންނާ މުޚާތަބު ކުރަމުން އިންޑިއާގެ ފުލުހަކު މަގުމަތީގައި ހުރެ ދެއްކި ވާހަކައެއްގައި މުސްލިމުންގެ ކިބައިން އެދުނީ އެ ޤައުމަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ހާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ތަޢާލާ ޙަޟްރަތުގައި ދަންނަވައި ދިނުމަށެވެ. އެ ފުލުސް މީހާ އެފަދައިން އެދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ހަލުވިކަމާއެކު ދައުރުވަމުން އެބަދެއެވެ.

ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރަމުން، ރޯދަ ހިފުމަށާއި ނަމާދު ކުރުމަށް ވެސް ބުނެ، ފުލުސް މީހާ އެދުނީ ކޮރޯނާ ވައިރަހުން އިންޑިއާގެ ހުރިހާ ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް މާތް ﷲ ޙަޟްރަތުން އެދިލެއްވުމަށެވެ.

Advertisement
Ooredoo — Square (box)

"އަހަންނަށް އިވިފައި ވަނީ ތަރާވީސް ނަމާދުގައި ކުރާ ދުޢާ ވަގުތުން ﷲ އިޖާބަ ކުރައްވަވާ ކަމަށް. އެހެންވީމަ އަަހަރެން މި އެދެނީ މުސްލިމުން ނަމާދު ކުރުމަށާއި ރޯދަ ހިފުމަށާއި ކޮރޯނާ ވައިރަހުން އިންޑިއާ ސަލާމަތް ކޮށްދެއްވާތޯ ދުޢާ ކޮށްދިނުމަށް" ފުލުސް މީހާ ބުނެފައިވެއެވެ.

https://twitter.com/RomeoCharlie29/status/1385705990134325252?s=20

އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓްގެ ސަބަބުން ފައްސިވާ އަދަދުތައް އެތައް ގުނައެއް މަތިވަމުންނެވެ. ފާއިތުވި ދިޔަ ދުވަސްތަކުގެ ފައްސިވާ އަދަދު އުޅެނީ ދުވާލަކަށް ތިން ލައްކައަށް ވުރެ މަތީގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް