Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

50 އަހަރު ވަންދެެން ޚިދުމަތުގައި ދެމިހުރި ޑޮކްޓަރެއް، މަރުވީ ކޮވިޑް-19 ޖެހި ވެންޓިލޭޓަރެއް ނުލިބިގެން

50 އަހަރު ވަންދެެން ޚިދުމަތުގައި ދެމިހުރި ޑޮކްޓަރެއް، މަރުވީ ކޮވިޑް-19 ޖެހި ވެންޓިލޭޓަރެއް ނުލިބިގެން

އިންޑިއާގެ ހާލަތު ވަރަށް ވެސް ގޯހެވެ. މުޅި މީސްމީޑިއާ ވެސް ފުރިފައިވަނީ ހާލުގެ ދުލުން އިންޑިއާގެ ރައްޔިތުން ދައްކާ ވާހަކަތަކުންނެވެ. އެ ރައްޔިތުންނަށް ކުރާ ހެޔޮދުއާ ތަކުންނެވެ. މުޅި އިންޑިއާ ކަރުނައަޅައި ރޮމުންދާއިރު، ކޮންމެ ދުވަހަކުމެ އެތައް ބަޔަކު މަރުވެއެވެ. މީހުން އަންދާ ތަންތަނަށް ބާރުބޮޑުވެ، އިންޑިއާ ވަނީ ގޮތް ހުސްވާ ހާލަތަށް ގޮސްފައެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް އިއްޔެ ސިހުން ގެނުވި އެއް ވާހަކައަކީ އެ ސަރަހައްދުގައި 50 އަހަރު ވަންދެން މަސައްކަތްކުރި ޑޮކްޓަރަކު މަރުވި ވާހަކައެވެ.

އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެ ލާނެ ވެންޓިލޭޓަރެއް ނުލިބުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ކޮވިޑަށް ފައްސިވީ 13 އޭޕްރީލްގައި ކަމަށާއި އޭގެ ފަހުން 3 ދުވަހު އޭނާ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިން ކަމަށް ރިޕޯޓް ތައް ބުނެއެވެ. އޭނާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާން ޖެހުނީ ހަތަރުވަނަ ދުވަހުއެވެ.

Advertisement
Allied Insurance — Square (box)

އެހެން ނަމަވެސް އެ ހޮސްޕިޓަލުގައި ހުރި 100 ވެންޓިލޭޓަރު ވެސް ހުރީ ފުލް ވެފައެވެ. އެހެންކަމުން އޭނާއަށް ވެންޓިލޭޓަރެއް ލިބޭ ގޮތް ނުވެ އޭނާ މަރުވީ އާއިލާގެ ކުރިމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުން އަންނަ އިރު ކޮންމެ ދުވަހަކުމެ އެތައް ބަޔަކު މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް