Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު މަޖިލީހަށް ދޭން ފާހެއް ނުވި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު މަޖިލީހަށް ދޭން ފާހެއް ނުވި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު މަޖިލީހަށް ދޭން، މިއަދު މަޖިލީހުގައި ނެގި ވޯޓުން ތާއީދެެއް ނުލިބުނެވެ.

އާންމު ސިއްހަތުގެ ގާނޫނަށް ޖުޑިޝަރީ ކޮމިޓީން ގެނައި އިސްލާހުތައް ބަދަލު ކުރުމަށް ތަޅުމަށް ހުށަހެޅި މި ނޫން ހުށަހެޅުންތައް ވަނީ ފާސްވެފައެވެ. އެ އިސްލާހްތަކަށް 39 މެމްބަރުން ވޯޓު ދެއްވައިފައިވެއެވެ. އާންމު ސިއްހަތުގެ ގާނޫނަށް ޖުޑިޝަރީ ކޮމިޓީިން ގެނައި އިސްލާހުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމާއި، ގާނޫނު އަސާސީގައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި އެއްގޮތް ކުރުމަށް ހިމަނައިފައިވާ މާއްދާ އުނިކުރުން ހިމެނެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާކުރުމަށް ފަހު ހެލްތު މިނިސްޓަރަށް ލިބިފައިވާ ބާރާއި ޒިންމާތައް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލުކުރާ ގޮތަށް ބަދަލުކޮށްފައިވާއިރު، މިއަދު ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ނުދެވޭ ގޮތަށް ކޮމިޓީ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. މި އިސްލާހުތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ތާއީދު ކުރައްވައިފައެވެ. އެގޮތުން އެ އިސްލާހު ފާސްކުރީ ފެންނަ ކަމަށް ވޯޓު ދެއްވި 37 މެންބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް 31 މެންބަރުން ވޯޓް ދެއްވައިފައި ވާއިރު، ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް