Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19: މާފުށިން އިތުރު 85 މީހަކު ފައްސިވެއްޖެ

ކޮވިޑް-19: މާފުށިން އިތުރު 85 މީހަކު ފައްސިވެއްޖެ

ކ. މާފުށިން އިއްޔެ އިތުރު 85 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މި އަދަދާއެކު މާފުށިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 291 އަށް އަރާފައެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ. އަދި އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީނުގައި ނެތް މީހުންނެވެ. އެރަށުން ފެނިފައިވާ ކޭސްތަކާ ގުޅިގެން ގިނަ ގެތައް މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

މާފުށިން ފައްސިވީ ބައެއް މީހުންނަށް އަންނަނީ ފެސިލިޓީތަކުގައި ވެސް ފަރުވާ ދެމުންނެވެ. އެގޮތުން ތިން މީހަކަށް ހުޅުމާލޭ ފެސިލިޓީގައި އަދި ހަތަރު މީހަކަށް އެ ރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އިއްޔެ ރާއްޖެއިން މުޅިއަކު 318 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ. މިއަދަދާއެކު މިހާރު ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 29،370 އަށް އަރާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް