ތާޒާ ކުކުޅު ބިހެއްތޯ ދެނެގަންނަން މިފަދައިން ކަންތައް ކޮށްލާ
ކުކުޅުބިހެއް ތާޒާތޯ ނުވަތަ ނުބައިވެފަތޯ ބެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ބިހަކީ ނުބައިވިޔަސް ބޭރުފުށުން މާބޮޑު ބަދަލުތަކެއް އަންނަ އެއްޗަކަށް ނުވާތީއެވެ. އެކަމަކު ކުޑަ ދިރާސާއެއް ކޮށްލައިގެން އެބިހަކީ ތާޒާ ބިހެއްތޯ ނުވަތަ ކުނި ބިހެއްތޯ ބަލާލެވިދާނެއެވެ. ދިރާސާ ހަދާލުމަށް ޓަކައި ފުން ތައްޓަކަށް ފެން އަޅާށެވެ. ބިހުގެ އަދަދަށް ބަލާފައި ފެން އަޅާ ތަށި ބޮޑު ކުރަންވާނެއެވެ.
ދެން މަޑުމަޑުން ބިސް ނުވަތަ ބިސްތައް ތަށިތެރެއަށް ލާށެވެ. ފަހަރަކު ބިހެއް ލުމަކީ އެންމެ ރަނގަޅު ގޮތެވެ. ބިސް އަޑިއަށް ހިނގައްޖެނަމަ އެބިހަކީ ތާޒާ ބިހެކެވެ. ބިސް މައްޗަށް އަރައިފިނަމަ އެބިހަކީ ނުބައިވެފައިވާ ބިހެކެވެ. ބިސް އަޑިއަށް ދިޔަ ނަމަވެސް ބިސް ތަޅާލުމުން ނުބައި ވަސްދުވާނަމަ ބިސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
މި ދިރާސާގައި މިވާގޮތަކީ ތާޒާ ބިހުގެ އެތެރޭގައި ވައި ނުހުންނާތީ ބިސް އަޑިއަށް ދަނީއެވެ. ބިސް ގިނަ ދުވަސް ވުމުން ބިހުގެ ތެރޭގައި ލޮނދިކަން ކެނޑި ވައި އުފެދެނީއެވެ. ބިސް ފެން މައްޗަށް އަރަނީ އެހެންވެއެވެ.
އަދި ބައްތިއަކުން ބިހުގެ ތޮށިގަނޑު ކައިރިން އަލިކޮށްގެން ވެސް އެބިހަކީ ތާޒާ ބިހެއްތޯ ބެލިދާނެއެވެ. އަލިކޮށްލުމުން ސާފުކޮށް ފެންނަނަމަ އެއީ ތާޒާބިހެކެވެ. އަދި ކަޅުކުލައިން ނުވަތަ އަނދިރިކޮށް ތަންކޮޅުކޮޅު ފެންނަ ނަމަ އެއީ ނުބައިވެފައިވާ ބިހެކެވެ.