Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދުއަށް އަރައި ފޭބުން އަނެއްކާވެސް މަނާ ކޮށްފި

ދިއްދުއަށް އަރައި ފޭބުން އަނެއްކާވެސް މަނާ ކޮށްފި

ހއ. ދިއްދޫއަށް އަރައި ފޭބުން އަނެއްކާ ވެސް މަނާ ކޮށްފިއެވެ.

ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ، ކަރަންޓީނުގައި ނެތް މީހަކު އެ ރަށުން ފައްސި ވެގެންނެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ފައްސި ވެފައިވާކަން އެނގިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އޭނާގެ ސާމްޕަލް ނަތީޖާ ލިބިފައި ވަނީ މިއަދު ހަވީރުއެވެ.

Advertisement
HDC — Sidebar (box)

ފްލޫ ކްލިނިކަށް ދެއްކި ފަހުންނާއި މިހާރު ވެސް އެ މީހާ ހުރީ ކަރަންޓީނު ކޮށްފައި ކަމަށާއި، އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެނގިފައިވެއެވެ.

ދިއްދޫގައި ކޮވިޑް-19 ފެތުރިގެން މިދިޔަ މަހުގައި ވެސް އެ ރަށް ވަނީ މޮނީޓަރިންގަށް ލާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެއަށް ވުރެ ގިނަ މީހުން ފައްސި ވެފައިވަނީ އަތޮޅުތެރެއިންނެވެ. އަދި މިވަގުތު އަތޮޅުތެރޭގެ 21 ރަށެއް މޮނީޓަރިންގަށް ލާފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް