Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

200 ރުފިޔާއަށް 30 ޖީބީ ލިބޭ ގޮތަށް އިންޓަރނެޓުގެ އަގު ޖުލައި 1 ގައި ހެޔޮ ކުރަނީ

200 ރުފިޔާއަށް 30 ޖީބީ ލިބޭ ގޮތަށް އިންޓަރނެޓުގެ އަގު ޖުލައި 1 ގައި ހެޔޮ ކުރަނީ

200 ރުފިޔާއަށް 30 ޖީބީ ލިބޭ ގޮތަށް އިންޓަރނެޓުގެ އަގު ޖުލައި 1 ގައި ހެޔޮ ކުރަން ނިންމައި އަގުތަކާ މެދު މަޝްވަރާ ކުރަން ފަށައިފިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާއި ޓެކްނިކަލް ބޭފުޅުން އެކު މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށް އަދި މި ތިން އަހަރު ދުވަސް ހަމަވުމަށް ފަހު އަލުން އަގުތައް ރިވިއުކުރާ ގޮތަށް އިންޓަރނެޓުގެ އަގުތަކަށް ބަދަލު ގެންނަން މަޝްވަރާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied Insurance — Square (box)

އޮންލައިން ނޫހެއްކަމަށްވާ "މިހާރު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުން އިންޓަރނެޓުގެ އަގުތަކަށް ހުށަހަޅައިފައިވާ ގޮތަކީ 5 އެމްބީޕީއެސްގެ ސްޕީޑުގައި 200ރ. އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީއެވެ.

މިކަމާ ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ސަރުކާރުން މިކަމާ ބެހޭ ގޮތުން ހުށަހަޅާ ގޮތްތައް މާދަމާ ހާމަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިންޓަރނެޓުގެ އަގު އަތްފޯރާ ފަށަށް ގެނައުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދެކެވެ. މިއަދާ ހަމައަށް ވެސް އެ ވައުދު ނުފުއްދިފައި އޮތުމުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް