Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުން މިންގަޑުތަކާ ހިލާފުވެފައިވޭތޯ ބަލާނަން : ހޯމް މިނިސްޓަރ

ފުލުހުން މިންގަޑުތަކާ ހިލާފުވެފައިވޭތޯ ބަލާނަން : ހޯމް މިނިސްޓަރ

ޖިންސީ ގޯނާއާ ދެކޮޅަށް ރޭ ޒުވާނުންގެ ބަޔަކު ކުރި މުޒާހަރާ ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި އިރު މިންގަނޑުތަކާ ހިލާފުވެފައިވޭތޯ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖުގެ ތެރެއިން ފުލުހުން ބޭއަދަބީބަސް ބޭނުންކޮށް، ބާރުގެ ބޭނުން ކޮށްފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ޤާނޫނުން ހުއްދަ ހާލަތުގައި ވެސް އެ ބާރު ބޭނުންކުރަން ޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/shimranab/status/1388578176855543808?s=21

“ ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނޫ ހުއްދަކުރާ ހާލަތުގައި ވެސް ބާރުގެ ބޭނުން ކުރަން ވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން. މިރޭ ހިނގައި ދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނަން “ މިނިސްޓަރު ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖުން އެމީހުން ފެށީ ރަސްފަންނު ސަރަހައްދުގައެވެ. އެއްވުން ކޮންޓްރޯލްކުރަން އުޅުނު ފުލުހުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންނަށް ލިބުނު އަނިޔާގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް