ޚަބަރު

ހއ. ދިއްދޫން 14 މީހަކު ކޮވިޑަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހއ ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

އެރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ އިއްޔެއެވެ. އެއީ ބަލީގެ އަލާމާތްތައް ފެނުމާއެކު އެރަށު ފްލޫ ކްލިނިކަށް ދެއްކުމުން ފައްސިވެފައިވާ މީހެކެވެ. އެއާއެކު އެ ރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ އެރަށުން ކޮވިޑަށް ފައްސިވެފައިވާ މީހާއަކީ ގިނަ ބަޔަކާ ބައްދަލުވެ އުޅޭ ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި މި ބައްޔަށް ފައްސިވި 14 މީހުންނަކީ ވެސް އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވި މީހާއާ ގުޅުން ހުރި ބައެއް ކަމަށް ބެލެވޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ފައްސިވާ މީހުން އެބަ ގިނަވެއެވެ. އެގޮތުން ކޮވިޑްގެ ބިރުވެރިކަން އޮތް 25 ރަށަކާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ މިހައިރު ވެސް އޮތީ މޮނިޓަރިންގައެވެ. މޮނިޓަރީންގައި އޮތް ރަށްތަކުގެ ތެރޭގައި ލ.ފޮނަދޫ،ގަން،މާބައިދޫ،އިސްދޫ،ދަނބިދޫ އަދި އއ.މަތިވެރިއާއި ރަސްދޫ އަދި ކ، މާފުއްޓާއި ގދ.ތިނަދޫ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!