Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮޑެތި ބަދަލުތައް ދޭން ޖެހެނީ ކުރީގެ ސަރުކާރާ ހެދި: ސަރުކާރު

ބޮޑެތި ބަދަލުތައް ދޭން ޖެހެނީ ކުރީގެ ސަރުކާރާ ހެދި: ސަރުކާރު

ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލުތައް ނަގައިދޭން ޖެހިފައި ވަނީ ކުރީ ސަރުކާރުން ގަސްދުގައި ގާނޫނާ ޚިލާފަށް އެއްބަސްވުންތައް އުވާލައި ބަޔަކަށް ގެއްލުން ދީފައި އޮތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލީގަލް އެޑްވައިޒަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަހްމަދު ވިދާޅުވީ ކަނޑައެޅިގެން ގަސްދުގައި މީހަކަށް ގެއްލުމެއް ދައުލަތުން ދީފައިވާ ހާލަތުގައި އެމީހާގެ ގާތުގައި ކޯޓަށް އިންސާފު ހޯދަން ދާން ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ގެއްލުން ލިބޭ ފަރާތަށް، ގެއްލުމުގެ ބަދަލު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ މިންވަރު އިތުރުވަމުންދާނެ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ދެފަރާތަށް ވެސް އެންމެ ފައިދާހުރި ގޮތަކީ ކޯޓުން ބޭރުން މައްސަލަ ނިންމުން ކަމުގައި ވެސް އަހްމަދު ފާހަގަ ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

އަހްމަދު އިތުރަށް ވިދާޅުވީ ބަދަލުގެ މައްސަލައިގައި ކޯޓުތަކުން ތިން މަރުހަލާ ނިންމުން ނޫނީ ދައުލަތުން ބަދަލު ނަގައިދިނުމަށް ދީބާޖާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފައިވާ ކަމަށާއި، އެއީ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށެވެ.

އަހްމަދު ވިދާޅުވާ ގޮތުގައި ބަދަލު ނަގައިދިނުމުގައި މިހާ ބޮޑު ބުރައެއް ސަރުކާރަށް އުފުުލަން ޖެހިފައި ވަނީ ސަރުކާރުން ސީދާ ޤާނޫނުތަކާ ޚިލާފަށް އެއްބަސްވުންތައް އެކުލަވައިލާފައިވާތީއެވެ.

ހަމަ އެހެންމެ ގެއްލުން ލިބުނު މީހާއަަށް އިންސާފު ލިބެން ޖެހޭކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ ސަރުކާރުން އެފަރާތަކަށް ސީދާ ދައުލަތުން ދީފައިވާ ގެއްލުން ކަމަށެވެ. އަދި ބަދަލުގެ މިންވަރުގެ މަތިކަމުގެ ވާހަކަ ދައްކާއިރު ގެއްލުން ލިބިފައިވާ މީހާގެ ހައްޤާމެދު ވެސް ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް