ޚަބަރު

އޭލެވެލްގެ ކެމިސްޓްރީ ޕޭޕަރު ވެސް ލީކް ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ އޭ ލެވެލްގެ ކެމިސްޓްރީ ޕޭޕަރު ޓެސްޓް ފެށުމުގެ ކުރިން ލީކް ވެއްޖެއެވެ.

Ads by MWSC

މި ޕޭޕަރުގެ ކޮޕީއެއް "ދެން" އަށް ވެސް ވަނީ ލިބިފައެވެ. ޕޭޕަރު ލީކް ވެފައި ވަނީ މިއަދު ހެނދުނު 06:00 ކަންހާއިރުއެވެ. މި ޕޭޕަރުގެ ޓެސްޓު ތާވަލް ކޮށްފައި ވަނީ މިއަދުގެ މެންދުރު 2:00 އަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ އޭއެސް/އޭލެވެލް އިމްތިހާނުތަކުގެ ބައެއް މާއްދާ ތަކުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފައެވެ. މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅައިފައިވާ ފިޔަވަޅުތައް ހަމަޖެހިފައި ހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެވެސް ޤައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު އެ މިނިސްޓްރީއަަށް ލިބިފައިވާ ކަމަށާއި މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!