Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

ފަރުވާއެއް ނުލިބި މިއަދު މިދުނިޔެއަށް އަލްވަދާއުކީ ނުހައިކްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް

ފަރުވާއެއް ނުލިބި މިއަދު މިދުނިޔެއަށް އަލްވަދާއުކީ ނުހައިކްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް

ޅ. ކުރެންދޫއަށް އުފަން، އުމުރުން 11 އަހަރުގެ ނުހައިކު ބިން މުޙައްމަދު ރިޔާޒަކީ، އުފެދުމުގައި ވެސް ބަލި ހާލަތު ހުރި ގޮތުން އަމިއްލައަށް އެކަނި ހިނގާ ބިނގާވެ އުޅުމަށް ދަތިވެ، އަޑު އިވުމުން ވެސް މަޙުރޫމް ވެފައިވި ކުއްޖެކެވެ.

ނާރުގެ މައްސަލައެއް ހުރުމުން ބެލެންސް ވެސް ނުކުރެވުމުގެ އިތުރުން ނުހައިކު ދިޔައީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ.

ނަމަވެސް އެ ހިތްވަރުގަދަ ކުޑަކުޑަ ފުރާނަ މިއަދު 11:00 ހާއިރު ވަނީ އަޅުގަނޑުމެންނާ އަލްވަދާއު ކިޔައިފައެވެ. އޭނާ ނިޔާވީ އަވައްޓެރި އިންޑިއާގައި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

Advertisement
Allied Insurance — Square (box)

މިއަހަރު ކުރީކޮޅު ނުހައިކަށް އެންމެ ފުރަތަމަ ދިމާވީ ކަރުތެރެ ދުޅަވުމުގެ އުނދަގޫތަކަކާއެވެ. އެކަމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އައިޖީއެމްއެޗްއަށް ދެއްކުމުން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދިޔުމަށް އެ ހޮސްޕިޓަލުން ލަފާ ދީފައިވެއެވެ.

އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާ، ހަދަން ޖެހޭ ތަހުލީލުތައް ހެދުމުން އެނގުނީ ނުހައިކްއަށް "ހޮޑްކިން ލިމްފޮމާ ނޮން" ކިޔާ ކެންސަރުގެ ވައްތަރެއް ޖެހިފައިވާ ކަމެވެ.

އެދުވަހަށް ފަހު ނުހައިކްއަށް އައީ އެ ބައްޔަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގައި ނުހައިކްއަށް ފަރުވާ ދިނުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދަނިކޮށް، ކަންދިމާކުރި ގޮތުން އޭރުން އެ ހޮސްޕިޓަލުން އާސަންދަ ނުލިބެން ފެށިއެވެ.

އެހެންކަމުން އެ އާއިލާއިން ވަނީ ނުހައިކްއަށް ފަރުވާ ކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ނުހައިކްގެ ކެންސަރު ފަރުވާއަށް އެކަނި ވެސް 14000 ޑޮލަރު ބޭނުންވާކަން އާއިލާއިން އޭރު ވަނީ ފާހަގަ ކޮށްފައެވެ.

ނުހައިކް ނިޔާވުމަކީ އެ އާއިލާއަށާއި މުޅި ޤައުމަށް ވެސް ލިބުނު ހިތާމައެކެވެ. އޭނާގެ ހަނދާންތައް އެންމެންގެ ހިތްތަކުގައި ވެސް އަބަދުވެސް ވާނެއެވެ. ނުހައިކުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް