ޚަބަރު

މާވަށުން 3 މީހުން ފައްސިވެ ރަށް މޮނިޓަރިންގއަށް ލަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ލ.މާވަށު ހެލްތް ސެންޓަރު

ލ.މާވަށުން ކޮވިޑް-19އަށް 3 މީހަކު ފައްސިވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހުން އައިސްގެން ޑަކްޓަރަށް ދެއްކި ބައެއް ކަމަށާއި ފައްސިވެފައި ވަނީ އެއް ގެއެއްގެ މީހުން ކަމަށެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެނެއް ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެރަށުން ޖުމްލަ 7 ސާންޕަލް ނެގިއިރު މީގެ ތެރެއިން 4 ސާންޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

އަޙުމަދު މޫސަ އިތުރަށް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ރަށް މޮނިޓަރިންގއަށް ލުމަށްވާން ޖެހޭ ތައްޔާރީތައް ވެސް މިހާރުވަމުން އަންނަ ކަމަށެވެ.

ލ.އަތޮޅުގެ ގިނަ ރަށްތަކަކުން ކޮވިޑް-19 ކޭސްތަކެއް މި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ވެރިކަން ކުރާރަށް ފޮނަދޫއާއި ސިނާއީ ރަށެއް ކަމުގައިވާ މާންދޫގެ އިތުރުން، ގަން، ދަނބިދޫ، މާބައިދޫ، އިސްދޫ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!