ރައީސް ނަޝީދަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ހޯއްދަވަނީ

ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވައިލި ހާދިސާގައި ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނެއެވެ.
ހަމަލާގައި ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ތަފްސީލެއް ނޭނގެއެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން "ދެން" އަށް ބުނެފައި ވަނީ ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެސަރަަހައްދުގައި ތިބި ބައެއް މީހުންގެ ފަޔަށް އަނިޔާތަކެއް ލިބި ލޭ ފައިބާތަން ވެސް ވީޑިއޯއިން ފެނެއެވެ.
ރައީސް ނަޝީދަށް ފަރުވާ ދެމުން އަންނަކަން ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނީލޯފަރު މަގުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި ހާދިސާ ހިނގި ސަރަހައްދަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.