ޚަބަރު

20 އަހަރަށްވުރެ ގިނަ ދުވަހު އަމީނިއްޔާއަށް ޚިދުމަތް ކޮށްދެއްވި ޓީޗަރު އަލްވަދާއުކީ މުޅި ސްކޫލް ރޮއްވާލައިފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ޚިދުމަތްތެރި އެއް ސުކޫލުކަމުގައިވާ އަމީނިއްޔާ ސްކޫލްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި އެ ސްކޫލުގެ ކޮމްޕިއުޓާ ސައިންސް ޓީޗަރު، އެލް.އޭ ސަރަތު ޗަންދްރަ، ކިޑްނީ ބަލީގައި މިއަދު މަރުވެއްޖެއެވެ.

ސަރަތު މަރުވެފައި ވަނީ ޝްރީލަންކާގައި އެ ބައްޔަށް ބޭސް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އަމީނިއްޔާ ސްކޫލުގައި ވޭތުވެދިޔަ 20 އަހަރު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ސަރަތު ވަނީ އެ ސްކޫލަށް ގިނަގުނަ ޚިދުމަތްތަކެއް ވެސް ކޮށްދެއްވާފައެވެ. އޭނާއަކީ ސްކޫލުގެ އެހެން ޓީޗަރުންނާއި މުވައްޒަފުންނާ ވެސް ގުޅޭ، ދަރިވަރުންގެ ހިތްތަކުގައި އިންތިހާއަށް ލޯތްބާއި ގަދަރު ވެސް ލިބިފައިވާ މީހެކެވެ. އޭނާގެ ވަކިވުމާ ގުޅިގެން އެތައް ސަތޭކަ ދަރިވަރުންގެ އިތުރުން މުޅި ސްކޫލު ވެސް ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

ސަރަތުގެ މަރާ ގުޅިގެން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، ސަރަތު ސަރ އަކީ ވަރަށް ހިތްހެޔޮ، މަޑުމައިތިރި، އިޚްލާސްތެރި އަދި މަސައްކަތަށް ވެސް އެހާމެ ފަރުވާތެރި މުދައްރިސެއް ކަމަށެވެ. އަދި ސަރަތު ސަރއަކީ މުޅި ސްކޫލްގެ އިތުރުން ހުރިހާ ބެލެނިވެރިންގެ ވެސް ލޯބި ލިބިފައިވާ މުދައްރިސެއްކަން ނާޒްލީން ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!